ދުނިޔެ

ޖަޕާނާއި ކޮރެއާއެކު އެމެރިކާގައި ކޭންޕް ޑޭވިޑް ބާއްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާނާއި ދެކުނު ކޮރެއާގެ ލީޑަރުން އަންނަ މަހު ކޭމްޕް ޑޭވިޑްގައި ބާއްވާ ޓްރައިލެޓަރަލް ސަމިޓުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ހޯސްޓް ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ކޮރެއާއާ ބެހޭ އެމެރިކާގެ ކޮންގްރެސް ކޮކަސްގެ ކޯ ޗެއާ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރ އަމީ ބޭރާ ވޮޝިންޓަންގެ ތިންކް ޓޭންކެއްގައި ވިދާޅުވީ، ހުޅަނގު މެރީލޭންޑްގެ ފަރުބަދަތަކުގައި އޮންނަ އެމެރިކާގެ ރިޔާސީ ރިޓްރީޓްގައި ގާތް އެކުވެރިންގެ މެދުގައި ސަމިޓް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައްދަލުވުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު ކޭމްޕް ޑޭވިޑްގަ އެވެ. ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލްގެ އޮފީހުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އޮގަސްޓް މަހުގެ ތެރޭގައި އެކަން އޮންނާނެ ކަމަށާއި ސީދާ ތާރީހާއި ތަނެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ނަމަވެސް ވައިޓް ހައުސްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ރޮއިޓާސްއަށް މައުލޫމާތު ދިން މީހަކު ބުނީ ޕްލޭންތައް އަދި ފައިނަލް ކޮށްފައި ނުވާ ކަމަށެވެ.

ޗައިނާގެ ބާރު ބޮޑުވެ، އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އޭޝިއާގެ މައި ދެ ބައިވެރިންނާ އެކު ގާތް ގުޅުމެއް ބާއްވަން ވޮޝިންޓަނުން ޝައުގުވެރިވެއްޖެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!