ޚަބަރު

ބޭރަށް ހިންގުމާއި ހޮޑާއެކު މާލޭގައި ހަލުވި ކަމާއެކު ބައްޔެއް ފެތުރި ހޮސްޕިޓަލްތަކުގައި ބާރުބޮޑުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ: ދެން އިމޭޖްސް

ބޭރަށް ހިންގުމާއި ހޮޑާއެކު މާލޭގައި ހަލުވި ކަމާއެކު ބައްޔެއް ފެތުރި ހޮސްޕިޓަލްތަކުގައި ބާރުބޮޑުވެއްޖެއެވެ.

Ads by MWSC

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޅަ ކުދިންތަކެއް ދަނީ އީއާރުން ފަރުވާ ހޯދާފައެވެ.

"މިކަމެއް ވެގެން އުޅޭތާ ފަސް ވަރަކަށް ދުވަސް މިވަނީ. މިއަދު ކޭސްތައް ވަރަށް ގިނަ" މާލޭގެ ހޮސްޕިޓަލުގެ ނަރުހެއް "ދެން"އަށް ބުންޏެވެ.

މި ބަލި އުޅޭކަން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ނިޔާފް ވިދާޅުވީ, އޭޑީކޭގައި ހޮނޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ގިނަ އަދަދެއްގެ ކުދިން ދައްކަމުން އަންނަ ކަމަށެވެ. އަދި ބޯފެނަކީ ތަޣައްޔަރުވެފައި ނުވާ ފެނެއް ކަމަށް ޔަޤީން ކުރުމަށާއި, ބޯފެން ފިލްޓަރު ނުވަތަ ކައްކައިގެން ބުއިއެއް ވަނީ އިރުޝާދު ދެއްވާފައެވެ.

ބޭރަށް ހިނގުމުގެ އަލާމާތެއް ފެނިއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އެގޮތުން ބޭރަށް ހިންގާނަމަ ތިބާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ގިނަ ގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ދަފަ ދިޔާ ތަކެތި ބޭނުން ކުރަން ޖެއެެއެވެ.

އަދި ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުން ފަދަ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ.

Ads by Allied Insurance
  1. ތަމެންދޯ

    މިހާއަވަހަށް ބަލި މިފެތުރިގެން މިދިޔާ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ހޮޓާ އަދި ރެސްޓޯރެންޓް ތަކުގައި ކައްކަން ތިބޭ އިރު ވެސް މިހާރު އޮތް ކައްޕަޅި ސަރުކާރަށް ނޭގޭތީއޭ ދެން އިސްކަން ދަރު އަމީނިއްޔާ ނިމިގެން ސްކޫލް ޔުނިފޯރމް ގައި މައިންބަފައިން ދަރިން ގޮވައިގެން ގޮސް އެވަންނަނީ ހޮޓާ ތަކަށޭ ދެން ދެބަނޑަށް ހޮޓަލުގައި ހުންނަ ކާތަކެތި އަނގައިން ޗޫސްޗޫސް އަޑުލައްވާ ކާލާއިރު ނުބަލައޭ މީހޮޓާ ކަން ކުޑަކުދިންނަށް މިތަކެތި ކާންދީގެން ނުވާނެއޭ މާލޭގައި މިއުޅޭ ރާއްޖެތެރޭ އަންހެންވެރިން ވެސް އެމެންގެ ފިރިމީހާ އަށް ލިބޭ ފައިސާ އެއް ފެލާލަނީއޭ ގޭގައި އުނދުން ރޯނުކުރާ ބަގައޭ މިހާރު އޮފީސް ތަކަށް އެދަނީ ދެން ގޭގައި ނުކައްކާ ހޮޓާ ހޮޓަލުން ކާތަކެއްޗާއި ހެދިކާ ހޮޓާ ތަކަށް ގޮސް ކައި ހަދާ ބަނޑުއަޅާނަމަ ވާނީ މިހެންނޭ މިހާރު މާލޭގެ އަންހެން ވެރިން ފަލަ ވަމުންދަނީ ވެސް މިސަބަބާއި ހެދިއޭ ކޮންމެ މީހަކީ ބޮޑު ނިކަގަހެއް ހެން ހީވަނީ ހޮޓާ ތަކުން ބަނޑުއަޅާތީއޭ….

  2. ތަމެންދޯ

    ހޮޑުލާ ހުން ފެތުރޭނެ ނޫންތޭ މާލޭގައި އުނދުން ރޯކުރާގެއެއް ނެތޭ އަންހެން ވެރިން ވަޒީފާ އަދާކޮށްގެން ލިބޭ ފައިސާ އިން ހޮޓާ ރެސްޓޯރެންޓް ތަކަށް އަރާ ދެބަނޑަށް ކަނީއޭ ދަރިން ނަށް ވެސް ކާން ދެނީ ހޮޓަލުންނޭ ބާލަބަލަ ހަވީރު ހެދިކާ ގަންނަން އެތައް ހާސް ބަޔަކު ކިޔޫ ހަދާފައި ހުންނައިރު ބަންގާޅުން ހަލާކުވެފައިވާ ކާބޯތަކެތިން ހެދިކާ އާއި ކެއުން ތައްޔާރު ކޮށް އެތަކެތި ދަރިންނަށް ކާންދޭއިރު އަންހެންވެރިން ތިބެނީ ގޭގައި އުނދުން ރޯކުރަން ނުޖެހޭތީވެ އުފަލުންނޭ މިހެން މިވަނީ ކަންނެތް އަންހެން ވެރިން މާލޭގައި ގިނަ ވުމުންނޭ ރާއްޖެތެރޭން މާލެ އަށް އަރާތިބޭ އަންހެން ވެރިން ފުރަމާލޭ ކަންނެތް އަންހެންވެރިން ކޮޕީ ކޮށްގެން އާންމުކޮށް އެމެން ކާން ބޯން ހަދާ ތަނަކީ ހޮޓާ ރެސްޓޯރެންޓަށް ހަދައިފިއޭ ދެން ވާނީ މިހެންނޭ ތަމެން އަދިވެސް ގޭގައި އުނދުން ރޯކުރަން ޖެހިދާނެތީވެ އެކަމާއި ބަހަނާ ދައްކާތި ބަލަގަ މީރުކޮށް ކާއެއްޗެއް ކައްކާލަން ދަންނަ އަންހެނަކު ޒުވާން އަންހެންވެރިންގެ ތެރޭގައި ނެތޭ މީއޭ ބަލިފެތުރޭ ކަމަކީ…

  3. ވިސްނާށޭ

    މާލޭ މަގުމައްޗެއް ނޫން މައްސަލަ އަކީ މައްސަލަ އަކީ ތަމެން ގޭގައި އުނދުން ރޯކުރަން ހުއްޓާލާ ދަރިން ގޮވައިގެން އައިސް ހޮޓާ ތަކަށް އަރާ ތިބެ ދެ ބަނޑަށް އަނގައިން ޗޫސް ޗޫސް އަޑު ލައްވަމުން ކާން ކުދިންނަށް ދަސްކޮށްދޭތީއޭ ތަމެން އެކަމޭ ހުއްޓާލަންވީއޭ މާލޭ މަގުމަތި އެއީ ބަހަނާ އަކަށް ހަދައިގެން ބޯދަމައިގަންނަން ތަމެން ކަންނެތް މައިންތައް އުޅޭން ނަހަދާށޭ…

  4. އިސްތިއުފާއޭ

    ސްޓޮކްގެ ވާހަކަ ނުދައްކާ ސަރުކާރު އިސްތިއުފާ ދޭންވީއޭ ތަމެންގެ ކައްޕަޅި ވެރިކަމުން ރައްޔިތުން ފެލާލާ އަދި ރައްޔިތުން ހަނާ އަރުވަނީއޭ ތަމެން އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  5. އޮޅާލާ

    މިފަދަ ކަންކަން ދެން ރާއްޖޭގައި ހައްލުވާނީ މިހާރު އޮތް ކައްޕަޅި ސަރުކާރު އިސްތިއުފާ ދިނުމުންނޭ ތަމެންނަށް ދޭންވީ ދެވަނަ ދައުރެއް ނޫނޭ ދެވަނަ ދައުރު ތަމެން އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ