ޓެސްލާގެ ވެރިން އިންޑިއާގެ އިންވެސްޓްމަންޓް އެޖެންސީއާއެކު މާކެޓް އެންޓްރީ މަޝްވަރާތަކެއް ބާއްވައިފި

ޓެސްލާގެ އިސް ދެ އެގްޒެކެޓިވް، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ އިންވެސްޓްމަންޓް ޕްރޮމޯޝަން އާމްގެ އޮފިޝަލުންނާ އެކު އިންޑިއާއަށް އެތެރެވުމަށް ރާވާފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް، ސީދާ މައުލޫމާތު ހުރި ދެ ބޭފުޅަކު ވިދާޅުވި އެވެ.
ޓެސްލާގެ މިހާރުގެ އެންޓްރީ މޮޑެލްއަށް ވުރެ ގާތްގަނޑަކަށް 25 ޕަސެންޓް ހެޔޮ އަގުގައި 24،000 ޑޮލަރަށް އަގު ހެޔޮ އިލެކްޓްރިކް ވެހިކަލެއް (އީވީ) އިންޑިއާގެ މާކެޓާއި އެކްސްޕޯޓަށް އުފައްދާނެ ފެކްޓްރީއެއް އިންޑިއާގައި އެޅުމަށް އެމެރިކާގެ ކާރު އުފައްދާ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އެމެރިކާގެ އެގްޒެކެޓިވްސް - ސީނިއާ ޕަބްލިކް ޕޮލިސީ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކެޓިވް ރޯހަން ޕަޓޭލް އާއި ސަޕްލައި ޗެއިންގެ ވައިސް ޕްރެޒިޑެންޓް ރޯޝަން ތޯމަސް މިވަގުތު ނިއު ދިއްލީގައި ތިއްބެވި އިރު، އިންވެސްޓް އިންޑިއާ އެޖެންސީގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައިވާ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.
އިންޓެލްގެ ކުރީގެ އެގްޒެކެޓިވް އަދި އިންވެސްޓް އިންޑިއާގެ ސީއީއޯ ނިވްރުތީ ރާއީ ވަނީ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޓެސްލާގެ ވެރިންނާ އެކު މަޝްވަރާކޮށްފައި ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.