ދުނިޔެ

ޗައިނާއާއެކު ގުޅުން އިތުރު ހަރުފަތަކަށް ގެންދާނަން: ދެކުނު ކޮރެއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން ކޮރެއާ ހަނގުރާމަ ނިމުނުތާ 70 އަހަރު ފުރުން ފާހަގަކުރުމަށް ޕިޔޮންގްޔޮންއަށް ޒިޔާރަތްކުރި ޗައިނާގެ ވަފުދާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން "އާ ހަރުފަތަކަށް" ތަރައްގީ ކުރައްވާނެ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

Ads by Sosun Fihaara

އުތުރުކޮރެއާގެ ކޭސީއެންއޭ ނިއުސް އެޖެންސީން ބުނީ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯ މެމްބަރު ލީ ހޮންގްޒޮންގް އިސްވެ ހުންނަވައިގެން ޗައިނާގެ އޮފިޝަލުންނަށް ކިމް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތެއް ހުކުރު ދުވަހު ބާއްވަވާފައިވާ ކަމަށެވެ. ޗައިނާގެ ވަފުދަކީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު އެންމެ ފުރަތަމަ އެ ސްޓޭޓަށް ޒިޔާރަތްކުރި ވަފުދެވެ.

ކޭސީއެންއޭ އިން ބުނީ، ބައިނަލްއަގްވާމީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސް ކަންކަމުން އަރައިގަނެ، އެކުވެރިކަމާއި އެކުވެރި ކަމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ދެ ގައުމުގެ ޕާޓީތަކާއި ސަރުކާރުތަކުން ގެންގުޅުއްވާ ސްޓޭންޑު މި މަޝްވަރާގައި ކަށަވަރުވެފައިވާ ކަމަށެވެ.

މި ބައްދަލުވުން ބާއްވާފައި މިވަނީ ޗައިނާ އާއި ރަޝިއާގެ އޮފިޝަލުން ބުރާސްފަތި ދުވަހު ކިމްގެ އެންމެ ފަހުގެ ނިއުކްލިއާ ގާބިލްކަން ހުރި މިސައިލްތަކާއި ޑްރޯންތަކަށް ހަމަލާދޭ ޑްރޯންތައް ވެރިރަށް ޕިއޮންޔޮންގްގައި ބޭއްވި އަސްކަރީ ޕެރޭޑުގައި ރިވިއު ކުރަމުން ދަނިކޮށް ކިމްއާ ކޮނޑާއި ކޮނޑާ އިނދެގެން ތިއްބާ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!