ޚަބަރު

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި 8 ބިދޭސީން ކަރަންޓީން ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި އަށް ބިދޭސީން ކަރަންޓީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 8 ބިދޭސީން ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ. އެންމެ ފަހުން ރާއްޖެ އިން މި ވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނީ ދެމީހެކެވެ. އެ ދެމީހުންނަށް ވައިރަސް އަށް ޕޮޒިޓިވް ވެފައިވާކަން ރޭ ސަރުކާރުން ހާމަކޮށްފައި ވާއިރު، އެ ދެމީހުންނަކީ ފުރަތަމަ މި ވައިރަސް އަށް ޕޮޒިޓިވްވި ދެމީހުން ފެނުނު ޅ. ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ތިބި ދެމީހެކެވެ.

ކުރެއްދޫ ރިސޯޓުން މިހާތަނަށް ޖުމްލަ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ދެން ރާއްޖެއިން ޕޮޒިޓިވްވި ދެ މީހުންނަކީ ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ދެފަތުރުވެރިއެކެވެ.

4
90
105

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!