ދުނިޔެ

ޕާކިސްތާނުގައި ބާރުގަދަ އެއްޗެއް ގޮވާ 35 މީހަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޑިސްޓްރިކްޓުގައި ކުރިޔަށްދިޔަ ސިޔާސީ އެއްވުމެއްގައި ބާރުގަދަ އެއްޗެއްގޮވުމުގެ ސަބަބުން، މަދުވެގެން 35 މީހުން މަރުވެ،

Ads by Sosun Fihaara

އިތުރު އެތައްބަޔަކަށް އަނިޔާ ލިބިއްޖެއެވެ. މި އެއްވުމަކީ އިސްލާމިސްޓް ޕާޓީއެއް ކަމަށްވާ ޖާމިއަތު އުލަމާއި އިސްލާމް (ޖޭޔޫއައި)ން ބޭއްވި އެއްވުމެކެވެ. މިއީ އަފްޣާނިސްތާނުގެ ބޯޑަރާ ކައިރި ހިސާބަކަށް ވާއިރު، ހާދިސާ ހިނގި ސަރަހައްދު ފުލުހުން މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އަނިޔާވި މީހުން އެމްބިއުލާންސްތަކުގައި ހޮސްޕިޓަލަށް ގެންދާތަން ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ. އެހެން ނަމަވެސް އަނިޔާވި ބައެއް މީހުންނަށް ފަރުވާދިނުން ލަސްވެ, ހޯލްވޭތަކުގައި ބައިތިއްބާފައި ތިބިކަމަށް ބައެއް ރިޕޯޓްތައް ބުނެފައިވެއެވެ.

އެއްޗެއް ގޮވަން މެދުވެރިވީ ކީއްވެކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް ބުނެފައި ވެއެވެ. ޖޭޔޫއައި ޕާޓީގެ ރީޖަނަލް ލީޑަރެއް ކަމަށްވާ މައުލާނާ ޒިއާއުﷲ ވެސް ވަނީ މިހަމަލާގައި އަވަހާރަވެފައެވެ.

ބަޖައުރު ޑިސްޓްރިކްޓުގެ ކަމާބެހޭ އިދާރާތަކުން މިހާރުވަނީ އެ ޑިސްޓްރިކްޓުގައި ހެލްތު އިމަރޖެންސީ އިއުލާންކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޑިސްޓްރިކްޓުގައި ކުރިޔަށްދިޔަ ސިޔާސީ އެއްވުމެއްގައި ބާރުގަދަ އެއްޗެއްގޮވުމުގެ ސަބަބުން، މަދުވެގެން 35 މީހުން މަރުވެ، އިތުރު އެތައްބަޔަކަށް އަނިޔާ ލިބިއްޖެއެވެ. މި އެއްވުމަކީ އިސްލާމިސްޓް ޕާޓީއެއް ކަމަށްވާ ޖާމިއަތު އުލަމާއި އިސްލާމް (ޖޭޔޫއައި)ން ބޭއްވި އެއްވުމެކެވެ. މިއީ އަފްޣާނިސްތާނުގެ ބޯޑަރާ ކައިރި ހިސާބަކަށް ވާއިރު، ހާދިސާ ހިނގި ސަރަހައްދު ފުލުހުން މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އަނިޔާވި މީހުން އެމްބިއުލާންސްތަކުގައި ހޮސްޕިޓަލަށް ގެންދާތަން ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ. އެހެން ނަމަވެސް އަނިޔާވި ބައެއް މީހުންނަށް ފަރުވާދިނުން ލަސްވެ, ހޯލްވޭތަކުގައި ބައިތިއްބާފައި ތިބިކަމަށް ބައެއް ރިޕޯޓްތައް ބުނެފައިވެއެވެ.

އެއްޗެއް ގޮވަން މެދުވެރިވީ ކީއްވެކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް ބުނެފައި ވެއެވެ. ޖޭޔޫއައި ޕާޓީގެ ރީޖަނަލް ލީޑަރެއް ކަމަށްވާ މައުލާނާ ޒިއާއުﷲ ވެސް ވަނީ މިހަމަލާގައި އަވަހާރަވެފައެވެ.

ބަޖައުރު ޑިސްޓްރިކްޓުގެ ކަމާބެހޭ އިދާރާތަކުން މިހާރުވަނީ އެ ޑިސްޓްރިކްޓުގައި ހެލްތު އިމަރޖެންސީ އިއުލާންކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!