ދުނިޔެ

ޕާކިސްތާނުގެ ބޮމުގެ ޒިންމާ އައިިސިސް އިން ނަގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ބޯޑަރު ޑިސްޓްރިކްޓް ކަމަށްވާ ބަޖާއުރުގައި އިންތިހާބީ އެއްވުމަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 54 އަށް އަރައިފި އެވެ.

Ads by Sosun Fihaara

މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާގައި ގާތްގަނޑަކަށް 200 އެއްހާ މީހުން ޒަހަމްވި އިރު، އެ ހަމަލާގެ ޒިންމާ އައިއެސްގެ ހަތިޔާރު އެޅި ޖަމާއަތުން އިއްޔެ ވަނީ އުފުލާފަ އެވެ.

"އިސްލާމިކް ސްޓޭޓް [އައިއެސްއައިއެލް] އިން އަމިއްލައަށް މަރުވި މީހަކު... ހަތިޔާރު އެޅި ޖަމާއަތުގެ ނިއުސް އާމް އަމާކް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ އެކްސްޕްލޯސިވް ޖެކެޓް ގޮއްވާލީ އެއްވެފައި ތިބި މީހުންގެ މެދުގައި" ހަތިޔާރު އެޅި ޖަމާއަތުގެ ނިއުސް އާމް އަމާކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރު ފަޒްލުއްރަހްމާން އިސްވެ ހުންނަވާ ސަރުކާރު ކޯލިޝަންގެ މައި ބައިވެރިއެއް ކަމަށްވާ ޖަމިއްޔަތުއް އުލަމާއީ އިސްލާމް (ޖޭޔޫއައި-އެފް) ޕާޓީގެ ގާތްގަނޑަކަށް 400 އެއްހާ މެންބަރުން ތަގުރީރުތައް ފެށޭނެ އިރެއްގެ އިންތިޒާރުގައި ތިއްބެވި އިރު، ސްޓޭޖް ކައިރީގައި ބޮން ގޮއްވާލި މީހަކު ގޮއްވާލީ ބަނގުރާ އަޅާފައި ހުރި ވެސްޓެއް ގޮއްވާލައިގެންނެވެ.

މާރުކޭޓެއް ކައިރީގައި ހުރި ބޮޑު ޓެންޓެއްގެ ދަށުގައި ބޭއްވި އެއްވުމުގައި ރަހްމާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ޕާކިސްތާނުގެ ލީޑަރު ވަނީ 2011 ވަނަ އަހަރާއި 2014 ވަނަ އަހަރު ސިޔާސީ އެއްވުންތަކުގެ ތެރެއިން ދިން ބޮމުގެ ހަމަލާތަކުން ސަލާމަތްވެވަޑައިގެންފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުޒިޔާ ފޮނުއްވަމުން ދަނިކޮށް، ކުދި ކުދި އަނިޔާތައް ލިބުނު އެތައް ބަޔަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ސީރިއަސް ޒަހަމްވި މީހުން ވަނީ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކުގައި ޕްރޮވިންސްގެ ވެރިރަށް ޕެޝާވަރަށް ގެންގޮސްފަ އެވެ. ގުލް ނަސީބު ވިދާޅުވީ ސީރިއަސް ޒަހަމްތަކެއް ލިބުނު މީހުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވުމުން މަރުވި މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!