ދުނިޔެ

ވަކިކުރި ޗައިނާގެ ފޮރިން މިނިސްޓަރު އަދިވެސް މީޑިއާއަށް ފިލައިގެން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ޚާރިޖީ ވަޒީރު ކިން ގޭންގް މަގާމުން ދުރުކުރުމަށް މިދިޔަ ހަފުތާގައި ޗައިނާގެ އެންމެ މަތީ ގާނޫނު ހަދާ މަޖިލީހުން ހާއްސަ ބައްދަލުވުމެއް ބޭއްވިތާ އެތައް ގަޑިއިރެއް ފަހުން، އޭނާގެ ކުރީގެ މިނިސްޓްރީގެ ވެބްސައިޓުން އުމުރުން 57 އަހަރުގެ ކިން ގޭންގްގެ ފޮޓޯތަކާއި ވާހަކަތައް ނެތިގެން ދާން ފެށި އެވެ.

Ads by WAMCO

އޭގެ ތެރެއިން ބައެއް މައުލޫމާތުތައް އޭގެ ދުވަސްތަކެއް ފަހުން އަލުން ފެނުނު ނަމަވެސް، ކިން ވެބްސައިޓުގެ "ކުރީގެ ވަޒީރުންގެ" ލިސްޓުގައި ހިމަނާފައި ނުވާއިރު، އިތުރު އެތައް ދުވަހެއް ވަންދެން އޭނާގެ ނަން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ: "ސޮރީ، ކިން ގޭންގް ނުފެނޭ" އެވެ.

ހަގީގަތުގައި އޭނާ އާންމުންގެ ތެރެއިން ނުފެންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މިއީ ސިއްހީ ސަބަބުތަކާ ހުރެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދިން ކުރު ތަފްސީލަކީ، ރަސްމީ ޓްރާންސްކްރިޕްޓްތަކުން ފަހުން ނެރުނު ބަޔާނަކުން، ހަމައެކަނި އޭނާގެ ނަސީބާ ބެހޭ ގޮތުން ނޫން ކަމަށާއި، މުޅި ސާގާއިން އޭނާގެ ކުރިއެރުމަށް ތާއީދުކުރި މީހާ، ރައީސް ޝީ ޖިންޕިންއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވެސް ނުފެނެ އެވެ.

ކިންގެ ބަދަލުގައި ޗައިނާއިން ތަޖުރިބާކާރު ޑިޕްލޮމެޓެއް ކަމަށްވާ ވަންގް ޔީގެ ނަން ހިމަނާފައިވީ ނަމަވެސް، އެ ބަދަލު ގެނައި ސަބަބާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ދީފައެއް ނުވެ އެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ބުރާސްފަތި ދުވަހު ވިދާޅުވީ ކިންއާ ގުޅޭ ގޮތުން ބެއިޖިން އިން ވަގުތުން މައުލޫމާތު ހާމަކުރާނެ ކަމަށާއި އެކަމާ ދެކޮޅު ހަދާނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެކަމަނާ މިހެން ވިދާޅުވީ ކިން މަގާމުން ދުރުކުރުމާ ގުޅޭ ގޮތުން ދެފުށް ފެންނަ ގޮތާ ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން، ފާއިތުވި ދުވަސްތަކުގައި މިނިސްޓްރީން ބޭއްވި ޕްރެސް ބްރީފިންތަކުގައި ކިންގެ ވާހަކަ ކިޔައިދިން 25 އަށް ވުރެ ގިނަ ސުވާލުގެ ތެރެއިން އެއް ސުވާލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!