ޚަބަރު

"ފަތުރުވެރިޔާ މައްސަލާގައި ތަހުގީގެއް ހިންގަން އަމުރުކުރުމުން ސާބިތު ވަނީ ސަރުކާރުގެ އިހުމާލު އޮތް ކަން"

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިފައިވާ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔުމުގައި، އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމުރު ކުރުމުން އެނގެނީ އެ މައްސަލާގައި ސަރުކާރުގެ އިހުމާލު އޮތް ކަން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ރޭ ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިގެން ދިޔުމުގައި ޖިނާއީ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބެލެވޭތީ، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީގެ ހައިސިއްޔަތުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

ޕީޖީގެ މި ނިންމުމަށް ތައުރީފު ކުރައްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޖީގެ ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށާއި މިފަދަ ކަމެއްގައި އިސްނަންގަވައި މީގެ ކުރިން ޖިނާއީ ތަހުގީގެއްސަރުކާރު ހިމެނޭ ގޮތައް ހިންގާފައި ނުވާ ކަމަށެވެ.

"މިކަމުން ސާބިތު ވަނީ މި މައްސަލާގައި ސަރުކާރުގެ އިހުމާލު އޮތް ކަން. ޒިންމާ އަދާ ނުކުރެވުނުކަން" ޖަމީލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!