ދުނިޔެ

ޗައިނާގެ ކާރު ހަދާ ކުންފުންޏަކުން ޓެކްސްއަށް މަކަރު ހަދާ ކަމުގެ ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ކާރު އުފައްދާ ކުންފުނި ބީވައިޑީ (002594.SZ) އިން އެ ގައުމުގައި އެސެމްބްލްކޮށް ވިއްކާ ކާރުތަކަށް އިމްޕޯޓު ކުރާ ބައިތަކުން ޓެކްސް ވަރަށް ކުޑަކަމަށް ބުނާ މައްސަލައެއް އިންޑިއާގެ ތަހުގީގަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސީދާ މައުލޫމާތު ހުރި ދެ ފަރާތަކުން ބުނެފި އެވެ.

Ads by Sosun Fihaara

އިންޑިއާގެ ޑައިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން ތުހުމަތުކުރާ ގޮތުގައި ޗައިނާގެ އެންމެ ބޮޑު އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދާ ކުންފުނި، ނިއު ދިއްލީ އާއި ބެއިޖިންއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން އެ ކުންފުނީގެ އެކްސްޕެންޝަން ޕްލޭންތަކަށް ބުރޫ އަރާފައިވާ އިރު، ޓެކްސްގެ ގޮތުގައި 730 މިލިއަން ރުޕީސް (ނުވަ މިލިއަން ޑޮލަރު) ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޑީއާރުއައިގެ އިބްތިދާއީ ހޯދުންތަކަށް ފަހު ބީވައިޑީއިން މި ފައިސާ ޖަމާކޮށްފައިވީ ނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށާއި އޭގެ ސަބަބުން އިތުރު ޓެކްސް ޗާޖާއި ޖޫރިމަނާތައް ވެސް ކުރިމަތިވެދާނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. ޑީއާރުއައިއިން އަދި ވެސް ބީވައިޑީއަށް ފައިނަލް ނޯޓިސް އެއް ނެރެފައި ނުވާއިރު، އެ ނޯޓިސްގެ ސަބަބުން އެ ހޯދުންތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ.

އިންޑިއާ އާއި ޗައިނާގެ ބީވައިޑީގެ ބަހެއް ހޯދުމަށް އެތައް ފަހަރަކު އެދުމުން ވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް އީމެއިލް އަދި ވަޓްސްއެޕް މެސެޖަށް ޖަވާބެއް ދީފައެއް ނުވެއެވެ.

ޗައިނާ ގެ އިތުރުން ބޯޑަރު އޮންނަ ގައުމުތަކުން ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ހަރުކަށި އުސޫލެއްގެ ތެރެއިން، ލޯކަލްކޮށް ކާރު އުފެއްދުމަށް އެއް ބިލިއަން ޑޮލަރުގެ ހުށަހެޅުމާ ގުޅިގެން ބީވައިޑީއަށް ނިއު ދިއްލީން ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ބީވައިޑީއިން އެ ކުންފުނީގެ އިންޑިއާގެ ޖޮއިންޓް ވެންޗާ ޕާޓްނަރަށް ބުނީ އިންވެސްޓްމަންޓް ޕްލޭންތައް އުނިކުރަން ވިސްނާފައިވާ ކަމަށެވެ.

އަވަށްޓެރި ގައުމުތަކުގެ މެދުގައި 2020 ވަނަ އަހަރު ބޯޑަރު ހަމަނުޖެހުންތައް ހިނގި ފަހުން ޗައިނާގެ ކުންފުނިތައް ވަނީ އިންޑިއާގައި ސަމާލުކަމަށް އައިސްފަ އެވެ.

ސްމާޓްފޯން އުފައްދާ ކުންފުންޏެއް ކަމަށްވާ ޝިއޯމީ ކޯޕަރޭޝަން (1810.HK) އިން ރޯޔަލްޓީގެ ނަމުގައި ގަވައިދާ ހިލާފަށް ބޭރުގެ ފަރާތްތަކަކަށް ފައިސާ ފޮނުވި ކަމުގެ ތުހުމަތު އެ ކުންފުނިން ދޮގުކޮށް ކޯޓުގައި ޗެލެންޖްކޮށްފި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!