ޚަބަރު

އޮފީީހެއްގެ ސެކިއުރިޓީ ގާޑަކަށް ހުރި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާފަންނު ގެއެއްގައި ހިންގަމުން ގެންދާ އޮފީހެއްގައި ސެކިއުރިޓީ ގާޑަކަށް ހުރި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by STELCO

ފުލުހުން ބުނީ މި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 8:00 އެހާއިރު ކަމަށާއި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 46 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ވަޒީފާ އަދާކުރަމުން އަންނަ އޮފީހުގެ ސެކިޔުރިޓީ ގާޑަކަށް ހުއްޓާކަން ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވެސް ބުނެފައިވެއެވެ.

އޭނާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ އަނިޔާގެ ނިޝާނެއް ހުރިކަން ނުވަތަ ނޫންކަން ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!