ދުނިޔެ

އިންޑިއާގެ މަޝްހޫރު މީހުން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިންޑިއާގެ އިންފްލުއެންސަރުން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރެއް ކުރިއަށްގެންގޮސްފިއެވެ.

Ads by WAMCO

ޖުލައިމަހު ކުރިއަށްގެންދިޔަ މި ކެމްޕޭންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރީތިކަމާއި ލަގްޒަރީ އޮފާތަކުން އިންޑިއާގެ ފަތުރުވެރިންނަށް އިސްތިހާރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރުގައި އިންޑިއާގެ އިންފްލޫއެންސަރުންނާއި ޕީއާރު ރެޕްރެޒެންޓޭޓިވެއް ހިމެނެއެވެ. އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ތަފާތު މަންޒަރުތަކާއި ތަޖުރިބާތައް އެމީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައްކާލާނެކަމަށެވެ. މި ދަތުރުގައި ބައިވެރިވި 5 އިންފްލުއެންސަރުންގެ ޖުމްލަ ރީޗް 14 މިލިއަންއަށް އަރާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ދަތުރުގައި ބައިވެރިވާ ކޮންމެ އިންފްލުއެންސަރަކުވެސ،ް އެ މީހުން ރާއްޖެއާ މެދު ދެކޭ ގޮތާއި އެ މީހެއްގެ ޚާއްޞަ ސްޓައިލް ގައި ގެނެސްދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި އެ މީހުންގެ ޕޯސްޓްތަކާއި ވާހަކަތަކާއި ކޮންޓެންޓްތަކުން ލަގްޒަރީ ހޯސްޓް ޕްރޮޕަޓީތައް ދައްކާލ،ާ ރާއްޖެއިން ލިބެން ހުރި ހިތްގައިމު ތަޖުރިބާތައް ފާހަގަކުރާނެއެވެ.

މި ދަތުރު ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާއިން ރާއްޖެއަށް އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައިކަން އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޖުލައި 30 ގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 122،375 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިދަތުރަކީ ލަގްޒަރީ ދަތުރުފަތުރުގެ އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަށް ވިޒިޓް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޕީއާރު ހަރަކާތްތަކާއި ފެއަރތަކާއި ޖޮއިންޓް ޕްރޮމޯޝަންތަކާއި ރޭޑިއޯ ކެމްޕޭންތަކާއި ސޯޝަލް މީޑިއ،ާ ޑިޖިޓަލް މާކެޓިންގ އަދި ރޯޑްޝޯތައް ހިމެނޭ މި މާކެޓިންގ ސްޓްރެޓެޖީކާއެކު އެމްއެމްޕީއާރުސީގެ އަމާޒަކީ އިންޑިއާގެ ޓާގެޓް މާކެޓާއި ހަމައަށް ވާސިލްވ،ެ އެންމެ ފުރިހަމަ ލަގްޒަރީ ގެޓްއަވޭގެ ގޮތުގައި ދިވެހިރާއްޖޭގެ މަގާމު ވަރުގަދަކުންކަމަށް ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!