ދުނިޔެ

ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އުވާލާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ހަމަވުމުގެ ތިން ދުވަސް ކުރިން އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ޕާކިސްތާނުގެ ގައުމީ މަޖިލިސް އުވާލާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

Ads by WAMCO

ޝަރީފް މިކަން ހާމަކުރެއްވީ ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުންނަށް ބުރާސްފަތި ދުވަހު ދެއްވި ފަރިއްކޮޅެއްގައި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސް ވަޒީރަކު ނަން ނުޖެހުމަށް ޝަރުތުކޮށް އަލްޖަޒީރާއަށް ވިދާޅުވި އެވެ.

ޝަރީފް ވެރިކަމުގައި ހުންނެވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕާލަމެންޓުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފަހު އިމްރާން ޚާން މަގާމުން ދުރުކުރުމުންނެވެ.

ގައުމީ މަޖިލީސް އުވާލުމާ އެކު މި އަހަރުގެ ފަހުކޮޅު އާންމު އިންތިހާބަށް މަގު ފަހިވެއްޖެ އެވެ.

ޕާކިސްތާނުގެ ގާނޫނު އަސާސީބުނާ ގޮތުން އެސެމްބްލީ ވަގުތުން އުވާލައިފިނަމަ، އެއީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

ނަމަވެސް އެއް ދުވަސް ކުރިން ވެސް އުވާލެވިއްޖެ ނަމަ އެ މުއްދަތު 90 ދުވަހަށް އިތުރުކުރެ އެވެ.

ޝަރީފް އިއުލާނު ކުރެއްވި ގޮތަށް އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެސެމްބްލީ އުވާލައިފި ނަމަ ގާނޫނު އަސާސީން ލާޒިމްކުރާ ގޮތަށް ބަލަހައްޓާ ސަރުކާރެއްގެ ބެލުމުގެ ދަށުން ނޮވެމްބަރު މަހު އިންތިހާބު ބާއްވާނެ އެވެ.

ވަގުތީ ބޮޑުވަޒީރާއި އެހެނިހެން އިސް ވެރިންގެ ނަންތައް ހަފުތާ ބަންދުގައި އިއުލާނު ކުރާނެ ކަމަށް ބެލެވެ އެވެ.

ސިޔާސީ ބައިވެރިންނާއެކު ބުރާސްފަތި ދުވަހު ބޭއްވި ފަރިތަކުރުންތަކަށްފަހު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ޝަރީފް ވިދާޅުވީ ކޯލިޝަން ސަރުކާރު ވެރިކަމަށް އައިއިރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އަޅުގަނޑުމެންގެ ވިސްނުން ވަރަށް ސާފު. އަމިއްލަ ސިޔާސީ ކަންކަން ގުރުބާންކޮށްގެން ގައުމު ތޫފާނަކުން ނެގީ،" އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!