ޚަބަރު

ކޮވިޑް-19: އެމިރޭޓްސްގެ މުވައްޒަފާއި ފޯކައިދޫއިން ޝައްކު ކުރެވުނު މީހާ ނެގެޓިވް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓުކުރި ތިން މީހެއްގެ ނަތީޖާ ނެގަޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ޓެސްޓު ނެގަޓިވްވި މީހުންގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ މުވައްޒަފަކާއި ށ. ފޯކައިދޫން ފަރުކޮޅުފުއްޓަށް ގެނެވުނު މީހެއް ހިމެނޭ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ދުނިޔޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ އެއް ލައްކަ ތޭރަ ހާ ހަށް ވުރެ އިތުރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!