ޚަބަރު

އީރާނު ހަތް މީހުން ދޫކޮށްލީ ޑިޓެންޝަން ސެންޓަރު ފުލްވެފައި ހުރުމުން: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

އދ. މަންދޫގެ ބޭރުން އޮޔާ ދަނިކޮށް މިދިޔަ މަހު ހިފެހެއްޓި އީރާންގެ މަސް ބޯޓުގައި ތިބި ހަތް މީހުން ދޫކޮށްލީ ޑިޓެންޝަން ސެންޓަރު ފުލްވެ، ޑިޕޯޓްކުރަން އިމިގްރޭޝަނުން ހަވާލުނުވުމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

މިދިޔަ މަހުގެ ތިން ވަނަ ދުވަހު ފެނުނު ބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް، އެމްއެންޑީއެފުން ބުނި ނަމަވެސް ފުލުހުން ފަހުން ބުނީ އެ ބޯޓުން މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަތް މީހުންނަށް ދައުވާ ނުކޮށް ޑީޕޯޓުކުރަން ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އިން ނިންމާފައިވާ ކަމަށެވެ. އެއާއެކު އެމީހުން ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކުރަން މި މަހުގެ 17 ވަނަ ދުވަހު މަސައްކަތް ކުރި ނަމަވެސް ޑިޓެންޝަން ސެންޓަރުގައި ޖާގަ ނެތުމުން ހަވާލުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހަތް މީހުން ކޯޓުން ވަނީ ދޫކޮށްލާފައި. އެހެންކަމުން އެމީހުން ވަނީ ފުލުހުންގެ ހައްޔަރުން [ވެސް] ދޫކޮށްލާފައި،" އޮފިޝަލް ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވެސް ވިދާޅުވީ އެ މީހުންނާ ހަވާލުނުވެވުނީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ޖާގަ ނެތުމުން ކަމަށެވެ. އޭގެ ފަހުން އެމީހުންނާ ބެހޭ މައުލޫމާތެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ އެ ހަތް މީހުން ހާލުގައި ޖެހިގެން އުޅޭ ކަމަށް، ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!