ބަައްޕައެއްގެ ގުރުބާނީ: ދަރިފުޅު ގޮވައިގެން އިމްތިހާނުގައި ބައިވެެރި ކުރުމަށް 105 ކިލޯމީޓަރު ބައިސްކަލުގައި ކަޑައްތު ކޮށްފި
ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ލިބެން ނެތުމުން ބައްޕައަކު އޭނާގެ ދަރިފުޅު ގޮވައިގެން ބައިސްކަލުގައި 105 ކިލޯމީޓަރު ކަޑައްތު ކޮށްފިއެވެ. މި ބައްޕަ ދަރިފުޅު ގޮވައިގެން ގޮސްފައިވަނީ، ދަރިފުޅުގެ ކްލާސް 10ގެ އިމްތިހާނު ހެދުމަށްޓަކައި މަދީއާ ޕްރަދޭޝް އަށް ކަމަށް މީޑިއާތައް ބުނެެއެވެ.
ޝޮބްރަމް ނަމަކަށް ކިޔާ މި މީހާ އަކީ އޭނާގެ ޅަފަތުގައި ތައުލީމް ހާސިލް ކުރުމުގެ ނަސީބުން މަހުރޫމް ވެފައި ހުރި މީހެކެވެ. އެހެން ކަމުން ތައުލީމް އުނގެނުމުގެ މުހިއްމުކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި މި ސަބަބަށްޓަކައި ދަރިފުޅުގެ އިމްތިހާނު އެއްވެސް ހާލެއްގައި ގެއްލޭކަށް އޭނާ ނޭދެއެވެ. އެއިމްތިހާނު ނުލިބިއްޖެ ނަމަ އޭނާގެ ދަރިފުޅުގެ މުޅި އަހަރުގެ ކިޔެވުން ހަލާކު ވާނެ ކަން އޭނާއަށް އެނގެއެވެ.
ކޮވިޑް-19ގެ ސަބަބުން 30 އަހަރުގެ މި މީހާގެ މާލީ ހާލަތުވެސް ވަނީ ވަރަށް ދަށްވެފައެވެ. އެހެން ކަމުން އޭނާ ނިންމީ ބައިސްކަލުގައި އޭނާގެ ދަރިފުޅު އިމްތިހާނަށް ގެންދިއުމަށެވެ.
މި ހާދިސާއިން ވެސް ދައްކުވައިދެނީ ދަރިންނަށް ޓަކައި ބައްޕައިން ވާ ގުރުބާނީ އެވެ. ކޮންމެ ބައްޕައަކީ ވެސް އެމީހެއްގެ ދަރިއަށް ޓަކައި އެތައް ގުރުބާނީތަކެއް ވާނެ މީހެއްކަން ޔަގީނެވެ.