ޚަބަރު

ޗައިނާއިން ރާއްޖެއައި ދެ ދިވެހިން ކަރަންޓީނު މުއްދަތު ހަމަވުމުން ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާއިން ރާއްޖެއައި ދެ ދިވެހިން ކަރަންޓީނު މުއްދަތު ހަމަވުމުން ދޫކޮށްލައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ޗައިނާއިން ފުރައިގެން އެނބުރި ރާއްޖެ އައި ދެ ދިވެހިން، މިހާރު އަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން 14 ދުވަހަށް ކަރަންޓީން ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ޗައިނާއިގެ ވުހާންގައި ދިރިއުޅުނު ނުވަ ދިވެހިންގެ ތެރެއިން ހަތް ދިވެހިން ރާއްޖެ އައިސްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މި ހަތް މީހުން ވެސް ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހުއެވެ.

މީގެ އިތުރުން ވުހާންގައި ބާކީ ތިބި ދެ ދިވެހިން ރާއްޖެ އައިސްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދެ މީހުން ރާއްޖެ އައުމުން ވަނީ ކަރަންޓީން ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން ކުރެއްދޫ އައިލެންޑު ރިސޯޓުން ހަތަރު މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ބަތަލާ ރިސޯޓުން ވެސް ބައްޔަށް ވަނީ ދެ ފަތުރުވެރިޔަކު ޕޮޒިޓިވް ވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!