ދުނިޔެ

ޗައިނާގައި ފެންބޮޑުވެގެން ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދިނުމުން ފާޑު ކިޔުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ހަފުތާގައި ޗައިނާގެ އުތުރުގެ ސަރަހައްދަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ސަބަބުން ޒޫޒޫ ސިޓީ ވަނީ ހަލާކުވެފަ އެވެ. މިއަދު ރައްޔިތުން ސުވާލު އުފައްދަމުން ދަނީ ލޯކަލް ގަވަރމަންޓުން އެމީހުންނަށް އެހީވުމަށް އިތުރު ކަމެއް ނުކުރީ ކީއްވެތޯއެވެ.

Ads by WAMCO

ތޫފާން ޑޮކްސޫރީއާ ގުޅިގެން ހެބެއި ޕްރޮވިންސާއި އުތުރުގެ އެހެން ސަރަހައްދުތަކަށް ފެންބޮޑުވުމުގެ ސަބަބުން ބެއިޖިންގެ ދެކުނުން 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ ޒޫޒޫއަށް ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ގެތަކަށާއި ދިރިއުޅުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ޒުއޯޒޫ ހިމެނޭ ބައޯޑިން ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ސީދާ އިގްތިސާދީ ގޮތުން ލިބުނު ގެއްލުމުގެ އަދަދު 17 ބިލިއަން ޔުއާން (2.36 ބިލިއަން ޑޮލަރު) އަށް އަރާ ކަމަށް ލޯކަލް ގަވަމެންޓް އަންދާޒާތަކުން ދައްކަ އެވެ.

"އެހެން ތަންތަނުގައި ތިޔަ ބޭފުޅުންނަށް ފެންނަނީ ލީޑަރުން އަވަސް އަރުވާލައިގެން ފްރޮންޓްލައިންއަށް ގޮސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރާތަން، އެކަމަކު ޒޫޒޫގައި އެ މީހުން ގެއްލުނީ،" ކަރަންޓް ނުލިބި ތިން ދުވަސް ވަންދެން އޭނާގެ އެޕާޓްމެންޓުގައި ތާށިވެފައި ހުރި ވަންގް ނަމަކަށް ކިޔާ ރައްޔިތަކު ބުންޏެވެ.

ޗައިނާގެ އެކި ކަންކޮޅުތަކުން ރެސްކިއު ގްރޫޕްތައް އައި ނަމަވެސް ގުޅުން ބަދަހިކުރާނެ މީހަކު ނުފެނުނެވެ.

ދެ ބުރީގެ ގެއަކާއި ފެކްޓްރީއެއް ހަލާކުވެފައިވާ އުމުރުން 42 އަހަރުގެ ވޫ ޗުންލެއީ ބުނި ގޮތުގައި ފެންބޮޑުވެފައިވާ ރަށްފުށުގެ ސަރަހައްދުތަކަށް މީހުން ރެސްކިއު ގްރޫޕްތަކަށް އިރުޝާދު ދިނީ ސަރުކާރުގެ މަސައްކަތްތެރިން ނެތުމުންނެވެ.

"އޭރު ފޯނުގެ ސިގްނަލެއް ނެތުމުން އެއްވެސް ލޯކަލް އޮފިޝަލަކަށް ގުޅާކަށް ނުކެރުނީ. އަހަންނަށް ސަލާމަތް ކުރެވުނީ އަމިއްލަ ނަފްސު،" ވޫ ވިދާޅުވި އެވެ.

ރޮއިޓާސް އިން ޒުއޯޒޫގެ ލޯކަލް ސަރުކާރުތަކަށާއި ބޮޑު ބައޯޑިން އޭރިއާއަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބެއް ނުލިބުނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!