ޚަބަރު

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ގަތަރުގެ އުރުބަކަން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ގުޅިގެން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅު ކަމަށްވާ އިހަވަންދިއްޕޮޅުގައި ބަނދަރު ސިޓީ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކޮށްފިއެވެ.

Ads by STELCO

އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް މަޝްރޫއު ހިންގަނީ ސަރުކާރުން އިހަވަންދިއްޕޮޅުގައި ރާވާފައިވާ ޕޯޓް ސިޓީ ޑިވެލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ. މި ޕޯޓް ސިޓީގައި ތެލުގެ ޤައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި، އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހެދުމާއި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ކުރާނެއެވެ.

އެސްޓީއޯގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމާޒަކީ މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ބަންކަރިންގެ ހިދުމަތް ތައާރަފްކުރުމެވެ. މިކަމުގެ ސަބަބުން މެރިޓައިމް ދާއިރާ އާއި އެއާ ގުޅިފައިވާ ވިޔަފާރިތައް ކަމަށްވާ ޝިޕިން އެޖެންސީތަކާއި ކްރޫ މެނޭޖްމަންޓާއި ޝިޕް ހޭންޑްލިން އާއި މަރާމާތު ކުރުމުގެ ވަސީލަތްތަކާއި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ފަދަ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ.

ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައެވެ. މިސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރެއެވެ.

 

  1. ދިވެހިން އީމާނާއި އެކުވެރިކަމާއި ތަރުތީބާއި އެކު ކުރިޔަށްގޮސް ރާއްޖެ ތަރައްޤީކޮށް ފުދުންތެރި ޤައުމަކަށް ހަދަންވީ އޭރުން ރައްޔިތުން ތިބޭނީ އުފަކުން ހާސްވާކަށް ނުޖެހޭނެ ސަލާމް ޖަހާކަށް އަބަދު ތަންތަނަށް ދުވާކަށް ނުޖެހޭނެ !