ދުނިޔެ

ޗައިނާއިން ފަންޑު ކުރާ ޗައިނާގެ ބްލެޓް ޓްރައިންގައި ލަސްކަމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑޮނީޝިއާއިން ޗައިނާގެ އެހީގައި ހިންގާ 7.3 ބިލިއަން ޑޮލަރުގެ ހައި ސްޕީޑް ރޭލްވޭ ވިޔަފާރީގެ ގޮތުން ފެށުމުގެ ކުރިން ރައްކާތެރިކަމަށް އިސްކަން ދޭ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް ޖޯކޯ ވިޑޯޑޯގެ ފްލެގްޝިޕް ޕްރޮޖެކްޓާއި ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޖަކާޓާ އާއި ބަންޑުންގް ސިޓީ ގުޅުވައިދޭ 142 ކިލޯމީޓަރު (88 މޭލު) ގެ ރޭލްވޭގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް ކުރިން ވަނީ ނިންމައިފަ އެވެ.

ނަމަވެސް ބިން ހޯދުމުގައި ދިމާވި މައްސަލަތަކާއި، ކޮވިޑް-19 ގެ ބަލިމަޑުކަމާއި، 1.2 ބިލިއަން ޑޮލަރުގެ ޚަރަދު ބޮޑުވުން ފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

އިންޑޮނޭޝިއާ އާއި ޗައިނާގެ ދައުލަތުގެ ކުންފުނިތަކުގެ ކޮންސޯޓިއަމް، ޕީޓީ ކޭސީއައިސީން މި ހަފުތާގެ ކުރީކޮޅު ވަނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާތްގަނޑަކަށް ދެ ހަފުތާގެ ހިލޭ ޓްރަޔަލް އެއް ސެޕްޓެމްބަރު މަހަށް ފަސްކޮށްފަ އެވެ.

އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ކޮމާޝަލް ލޯންޗެއްގެ އަމާޒެއް އޮތް ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު ބުޑީ ކަރްޔާ ސުމާދީ ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ތާރީހުތަކަކީ ހިލަގަނޑެއްގައި ކަނޑައެޅިފައިވާ ތާރީހުތަކެއް ނޫން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!