ދުނިޔެ

ބަންގްލަދޭޝްއާއެކު އިންޑިއާއިން ދެން ވިޔަފާރި ކުރާނީ ރުޕީސްއިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ މަހުގެ ކުރީކޮޅު ބަންގްލަދޭޝް އާއި އިންޑިއާ އިން އިންޑިއާ ރުޕީސްގެ ބައިލެޓަރަލް ވިޔަފާރީގެ މުއާމަލާތްތައް ފަށާފައިވާއިރު، މިއީ ދެ ގައުމުގެ ސަރުކާރުން "ލޭންޑްމާކް" ސެޓްލްމަންޓެއްގެ ގޮތުގައި ބިލުކުރި އެވެ. އަދި މިކަމުގެ ސަބަބުން އެކަކު އަނެކަކާ އެކު ވިޔަފާރީގެ މިންވަރު އިތުރުވުމުގެ އިތުރުން ޑޮލަރުގެ ދުނިޔޭގެ ބާރު ކަނޑުވާލުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

Ads by WAMCO

16 ބިލިއަން ޑޮލަރުގެ ބައިލެޓަރަލް ވިޔަފާރީގެ ވޮލިއުމަކާއެކު އިންޑިއާއަކީ ޗައިނާއަށްފަހު ބަންގްލަދޭޝްގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. މި އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝް އަށް ދެ ބިލިއަން ޑޮލަރުގެ ރުޕީސްގެ މުއާމަލާތްތައް ކުރެވޭނެ އެވެ. ދެކުނު އޭޝިއާގެ ބޮޑު އަވަށްޓެރި ގައުމުން އަހަރަކު 14 ބިލިއަން ޑޮލަރުގެ މުދާ އެތެރެކުރެ އެވެ.

ވިޔަފާރީގެ މި ބޮޑު އިމްބެލެންސް އަށް އިޝާރާތް ކުރައްވައި ބަންގްލަދޭޝްގެ ބައެއް އިގްތިސާދީ މާހިރުންނާއި ފައިނޭންޝަލް އެނަލިސްޓުން ގެންދަވަނީ ރުޕީސްގެ ވިޔަފާރިއާ މެދު ޝައްކު އުފައްދަމުންނެވެ. މި އިންތިޒާމްގެ ސަބަބުން އިންޑިޔާއަށް ފައިދާކުރާނެކަން ޔަގީނެވެ. އަދި ރުޕީސްއަކީ ވިޔަފާރީގެ ގޮތުން ދުނިޔޭގެ ފައިސާއަކަށް ހެދުމަށް ޒަމާނުއްސުރެ ކުރަމުން އައި އުއްމީދަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ބަންގްލަދޭޝްއަށް މާބޮޑު އެޑްވާންޓޭޖެއް ނުލިބޭނެކަމަށް އެފަރާތްތަކުން ބުނެއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ބަންގްލަދޭޝްގެ ބޭރުގެ ރިޒާވް ދަށަށް ދިއުމަށް އޮތް ޕްރެޝަރަށް ލުޔެއް ނުލިބޭނެ ކަމަށާއި، މިއީ އެ ގައުމުގެ އިމްޕޯޓް ބިލްގެ ހަތަރު މަސް ދުވަހާ އެއްވަރުގެ 23.56 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މި ތަޖުރިބާކާރުން ބުނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!