ދުނިޔެ

ލޭ މައްޗަށް ދާ މީހުނަށް ކޮރޯނާ ވައިރަހުގެ ބިރު ބޮޑު

ދެން އެމްވީ ، ދެން އޮންލައިން

ލޭ މައްޗަށް ދާ މީހުނަށް ކޮރޯނާ ވައިރަހުގެ ނުރައްކާ ބޮޑު ކަމަށް ކޮރޯނާ ވައިރަހުގެ ކޭސްތަކުގައި އިސްކޮށް ހަރަކާތްތެރިވި ޗައިނާގެ ޑޮކްޓަރެއް ބުނެފިއެވެ.

Ads by Sosun Fihaara

ކޮރޯނާ ވައިރަހުގެ ކޭސްތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވައިރަހުގެ ސަބަބުން މަރުވާ 60 އަހަރުން މަތީގެ ލޭ މައްޗަށް ދާ މީހުނަށް ވައިރަހުގެ ނުރައްކާ 6 އިންސައްތަ އިތުރުވެއެވެ. ޑޮކްޓަރުން ލަފާދޭ ގޮތުގައި ލޭ މައްޗަށް ދާނަމަ ގަވައިދުން ބޭސް ކައި ލޭ ގެ ޕްރެޝަރ ދައްވާ ކަހަލަ ކާނާ ކެއުން މުހިންމު ކަމެކެވެ.

މި ދިރާސާއިން އިތުރަށް ދައްކާ ގޮތުގައި ހިތުގެ ބަލިތައް ހުންނަ މީހުނަށް 10.5 އިންސައްތަ ނުރައްކާ ވާއިރު ހަކުރު ބަލި ހުންނަ މީހުނަށް 7.3 އިންސައްތައަށް ނުރައްކާ އިތުރުވެއެވެ.

ކޮރޯނާ ވައިރަހަށް ފަރުވާއެއް ހޯދިފައި ނުވާއިރު ވައިރަހުން ރައްކާތެރިވުމަށް އެންމެ ރައްކާތެރިގޮތަކީ ސައިބޯނި ލައިގެން އަތް ދޮވުމެވެ. ނުވަތަ ސެނިޓައިޒަރ އެއް ބޭނުން ކުރުމެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް 114544 ކޭސް ރިޕޯޓުކުރެވިފައިވާއިރު ބަލި ޖެހުނު 64031 މީހުން ވަނީ ރަނގަޅުވެފައެވެ. ވައިރަސް ޖެހިގެން 4026 މީހުން މަރުވެފައިވާއިރު އޭގެ ގިނަ އިންސައްތަ ހިއްސާކުރަނީ އުމުރުން ދުވަސްވީ މީހުނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!