ދުނިޔެ

ޕާކިސްތާނުން, އަފްގާނިސްތާނާއެކު ގުޅުން ބަދަހި ކުރަނީަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ މައްޗަށް އަފްޣާނިސްތާނުގެ ބާރުގެ ދަށަށް ދެ އަހަރު ފުރުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އަފްޣާނިސްތާނުގެ ތާލިބާނުން ފާހަގަކުރަމުންދާއިރު، އެޖަމާއަތުގެ ޒަމާންވީ ބައިވެރިޔާ އަދި އަވަށްޓެރި ޕާކިސްތާނާ އެކު އޮންނަ ގުޅުން ދަނީ ވަރަށް ބޮޑަށް ނުތަނަވަސްވަމުންނެވެ.

Ads by Sosun Fihaara

އަފްޣާނިސްތާނުގެ ބޯޑަރު އޮންނަ ޕާކިސްތާނުގެ ޓްރައިބަލް ސަރަހައްދަށް ދިން ނުރައްކާތެރި ހަމަލާތަކުގެ ޒިންމާ އިސްލާމްއާބާދުން ދަނީ ކާބުލްގެ ބޮލުގައި އަޅުވަމުންނެވެ. އެންމެ ފަހުން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ބަޖާއުރް ޑިސްޓްރިކްޓްގައި ދިން ބޮމުގެ ހަމަލާގައި 54 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އެ ހަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސްއާ ގުޅިފައިވާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް އިން ޚުރާސަން ޕްރޮވިންސް (އައިއެސްކޭޕީ ނުވަތަ އައިއެސްއައިއެސް-ކޭ) އިންނެވެ.

ޕާކިސްތާނުގެ އިސް އޮފިޝަލުން ތުހުމަތު ކުރައްވާ ގޮތުގައި ވެރިކަން ކުރާ ތާލިބާން ސަރުކާރުން ހަތިޔާރު އެޅި ޖަމާއަތްތަކުން ބޯޑަރު ހުރަސްކުރުން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެ އެވެ.

"ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އަޅުގަނޑުމެން މަސައްކަތް ކުރާނީ ދިފާއުވާން. އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު ނާޅައިފިނަމަ އެތެރޭގައި ފިޔަވަޅު އެޅުމަކީ އޭގެ ތެރެއިން އެއް އޮޕްޝަނަކަށް ވެދާނެ، އެކަމަކު ފުރަތަމަ ގޮތެއް ނޫން،" ޕާކިސްތާނުގެ އޭރުގެ ޚާރިޖީ ވަޒީރު ބިލާވާލް ބުއްޓޫ ޒަރްދާރީ ވިދާޅުވީ ސިޔާސީ ހަފްލާއަކަށް އަމާޒުކޮށް ދިން ބަޖާއުރު ގޮއްވާލި ހާދިސާއަށް ފަހު އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ސައްޔިދު އާސިމް މުނީރު ވެސް ވަނީ ޕާކިސްތާނުގެ ބިމަށް ހަމަލާ ދިނުމުގައި އަފްޣާނިސްތާނުގެ ރައްޔިތުންގެ ބައިވެރިވުން ކުށްވެރިކުރައްވައި، ބަޖާއުރު ހަމަލާ ދިންތާ ހަފުތާއެއް ފަހުން ސަރަހައްދީ ސުލްހަ އާއި ހަމަޖެހުމަށް ގެއްލުންވާ ކަމަށް ވިދާޅުވެފަ އެވެ.

އަފްޣާނިސްތާނުގެ ފަސްގަނޑުން ލިބޭ ހަމަލާތަކަކީ ތާލިބާނުންނާއި އެމެރިކާއާ ދެމެދު 2020 ވަނަ އަހަރު ހެދި ދޯހާ ސުލްހައިގެ އެއްބަސްވުމާ ފުށުއަރާ ހަމަލާތަކެއް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނު ޖަމާއަތުން ވައުދުވީ ހަތިޔާރު އެޅި ޖަމާއަތްތަކަށް އެ ގައުމުގެ ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!