ދުނިޔެ

ޗައިނާގެ އިރުމަތީކަނޑުގެ ސަރަހައްދުގައި އެ ގައުމާއި ރަޝިއާ އިން ގުޅިގެން އަސްކަރީ ތަމްރީންތަކެއް ހިންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އިރުމަތި ކަނޑުގެ ސަރަހައްދުގައި އެ ގައުމާއި ރަޝިއާ އިން ގުޅިގެން އަސްކަރީ ތަމްރީންތަކެއް ހިންގައިފިއެވެ.

Ads by WAMCO

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ގައުމުން ވަނީ ރަޝިއާއާއެކު ކަނޑުމަތީގެ އަސްކަރީ ތަމްރީންތަކެއް ހިންގުމުގެ އިތުރުން އެކުގައި ޕެސިފިކް ކަނޑުގައި ޕެޓްރޯލިން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ހުކުރު ދުވަހު ރަޝިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެކަން ޔަގީންކޮށްދީފައިވެއެވެ. ރަޝިއާގެ އަސްކަރިއްްޔާ އަށް ނިސްބަތްވާ ކަނޑުމަތީގެ އުޅަނދުތަކަކާއި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާރމީ ނެވީ އިން ދަނީ ޗައިނާގެ އުތުރު ކަނޑުގައި ހަރަކާތްތެރިވަމުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެ އުޅަނދުތަކުން ޕެޓްރޯލްކުރަން ފެށި ފަހުން 6400 ނޯޓިކަލް މޭލު ބޭރަށް ދަތުރުކޮށްފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. ރަޝިއާ މިނިސްޓްރީން މި ތަފްސީލްތައް ހާމަކޮށްފައި ވަނީ ޓެލެގްރާމް މެދުވެރިކޮށް އާއްމު ކުރި މެސެޖެއްގައެވެ.

ރަޝިއާ އާއި ޗައިނާ ގުޅިގެން މިފަދަ ހަރަކާތްތަކެއް ހިންގާފައިވާއިރު މި މަހުގެ ކުރީކޮޅު ރަޝިއާ އައި ޗައިނާގެ އަސްކަރީ މަނަވަރުތަކެއް އެމެރިކާގެ ކަނޑުގެ ސަރަހައްދާއި ކައިރިން ފެނުމުން އެމެރިކާ އިން ވަނީ އެ އުޅަނދުތައް ހަލާކުކޮށްލުމަށް "ޑިސްޓްރޯޔަރސް" ފޮނުވާފައެވެ. އެ އުޅަނދުތައް ފޮނުވީ އަލަސްކާގެ އައްސޭރި ފަށަށެވެ. އެއީ އެ ސަރަހައްދުން ޗައިނާ އާއި ރަޝިއާ އަށް ނިސްބަތްވާ 11 އަސްކަރީ އުޅަނދު ފެނުމުންނެވެ.

އެހެންނަމަވެސް ޗައިނާ އާއި ރަޝިއާގެ މަނަވަރުތަކުން އޮތީ ސަރަަހައްދީ އިމުން ބޭރުގައި ކަމަށާއި އެ މީހުންގެ ފަރާތުން ނުރައްކަލެއް އިހުސާސްވެފައި ނުވާ ކަމަށް އެެމެރިކާ އިން ވަނީ ބުނެފައެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!