ދުނިޔެ

ޗައިނާއާއި ރަޝިއާގެ ހެކަރުންގެ އެޓޭކުތަކެއް އިނގިރޭސި ފޮރިން އޮފީހަށް އަމާޒުވިކަން ސިއްރެއް ނުކުރެވުނު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއާއި ރަޝިއާގެ ހެކަރުންގެ އެޓޭކުތަކެއް އިނގިރޭސި ފޮރިން އޮފީހަށް އަމާޒުވިކަން ހާމަވެއްޖެއެވެ.

Ads by WAMCO

އިނގިރޭސި ސަރުކާރުން ވަނީ މިކަން ފޮރުވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް، މިކަމުގެ ރިޕޯޓުތައް މިހާރު ވަނީ އެގައުމުގެ މީޑިއާތަކަށް އަރަން ފަށާފައެވެ.

އިނގިރޭސި ބައެއް މީޑިއާތަކުުން ރިޕޯޓުކޮށްފައިވާގޮތުގައި، ޗައިނާއާއި ރަޝިއާގެ ހެކަރުން ވަނީ އެގައުމުގެ ފޮރިން އޮފީހުގެ އީމެއިލްތައް ހެކްކޮށްފައެވެ. މިއާއެކު އެ އޮފީހުގެ މެއިލްތަކާއި އިންޓަރނަލް މެސެޖުތައް ހެކަރުންނަށް ލިބުނުކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައި ވާގޮތުން، މި ސެކިއުރިޓީ ބްރީޗްގެ ސަބަބުން ހެކަރުންނަށް ވަނީ އިނގިރޭސި ފޮރިން އޮފީހުގެ ދުވަހުގެ މަސައްކަތްތައް ދާގޮތް 2021 ވަނަ އަހަރު ވަރަށް ތަފްސީލުކޮށް ފެނިގެން ގޮސްފައެވެ.

ހެކަރުންނަށް މި އެޓޭކުތައް ދެވުނީ، މެއިލަށް ފޮނުވާފައިވާ ފޮނުވާފައިވާ މެލްވެއަރއެއް، 'އޮޅިގެން' ޑައުންލޯޑު ކުރެވުމުން ކަަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެހެން ނަމަވެސް، މި ސެކިއުރިޓީ ބްރީޗްގެ ސަބަބުން ސަރުކާރުގެ ސިއްރު މައުލޫމާތުތަކެއް ހޯދިފައި ނުވާކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

ޗައިނާއާއި ރަޝިއާގެ ހެކަރުންގެ އެޓޭކުތަކެއް އިނގިރޭސި ފޮރިން އޮފީހަށް އަމާޒުވިކަން ހާމަވުމާއެކު، ސަރުކާރުގެ އޮފީސްތަކުގެ ސެކިއުރިޓީއާމެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!