ދުނިޔެ

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބްރިކްސް ސަމިޓަށް ވަޑައިގަންނަވާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު އެފްރިކާގައި މި އަހަރު އޮންނަ ބްރިކްސްގެ އަހަރީ ޖަލްސާގައި ބައިވެެރިވެ ވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އޯގަސް 21-24 އަށް ޖޮހަނަސްބާގަށް ވަޑައިގަންނަވާނެ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވާ ޗުނިންގް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ވާ ޗުނިން ވިދާޅުވި ގޮތުގައި ޝީ ޖިންޕިންގެ ދަތުރަކީ އެއްފަހަރާ ކުރައްވާ ދެ ދަތުރެވެ. އެއީ ރަސްމީ ހައިސިއްޔަތުން -- ޗައިނާގެ ރައީސް ގޮތުން ދެކުނު އެފްރިކާއަށް ކުރައްވާ ދަތުރަކާއި އަދި ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ އެރުވި ދައުވަތު، ޝީ ޖިންޕިންގްއަށް ވަނީ ލިބިވަޑއިގެންފަ އެވެ.

އެ ދައުވަތަށް ދެއްވާ ރަސްމީ ޖަވާބުގެ ގޮތުގައި ޗައިނާގެ ރައީސް ދެކުނު އެފްރިކާއަށް ވަޑައިގެން ރާމަފޯސާއާ ބައްދަލުކުރައްވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އަދި ބައެއް ސެޝަންތަކުގެ ޗެއާމަންކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރު އޮންނަ ބްރިކްސް ސަމިޓާ މެދު ދުނިޔެ އޮތީ ވަރަށް ބޮޑަށް ހޭލަ އެވެ. އެއީ ޗައިނާ އިސްނަގައިގެން ދުނިޔޭގެ އިގުތިސާދަށް ގެންނަން ރާވާފައި ހުރި ބަދަލުތަކާ މެދު މި ސަމިޓްގައި މަޝްވަރާކުރެވޭނެތީ އެވެ.

އެމެރިކާ އަދި ޔޫރަޕުންވެސް މި ސަމިޓަށް ޝައުގުވެރިވެ އެވެ. ބްރިކްސް ސަމިޓްގައި ބައިވެެރިވުމަށް އެމެރިކާއަށް ރަސްމީ ހައިސިއްޔަތެއް ނެތް ނަމަވެސް، ސަމިޓް ހިނގައިދާ ގޮތް ވަރަށް ގާތުން ބަލާނެ އެވެ.

ބްރިކްސް ސަމިޓްގައި ބައިވެރިވުމަށް ގައުމުތަކަށް ރަސްމީ ދައުވަތު މިހާރު ފޮނުވާފައި ވާއިރު ޔޫރަޕުން މި ސަމިޓްގައި ބައިވެެރިވާނެ ހައިސިއްޔަތު އަދި އޮޅުމެއް ނުފިލަ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނީ ވީޑިއޯ މެދުވެރިކޮށް -- އޮންލައިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!