ޚަބަރު

ބަތަލާ ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތަކެއް ފެނުނު ދެ މީހަކު އެކަހެރި ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

އއ. ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ އަލާމާތްތައް ފެނުނު އެ ދެ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ދެ މީހުންނަކީ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ "ކްލޯސް ކޮންޓެކްޓް" ވެފައިވާ ދެ މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މި ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން ވެސް މަނާކޮށްފައެވެ.

ރާއްޖެއިން ހަ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!