ދުނިޔެ

ބްރިކްސްއަކީ ކޮބައި? ޤައުމުތަކުން ގުޅެން ބޭނުންވަނީ ކީއްވެ?

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަރަމުން އަންނަ ބޮޑެތި އިގްތިސާދުތައް ހިމެނޭ ބްރިކްސް ގްރޫޕް ކަމަށްވާ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާއިން މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޖޮހަނެސްބާގްގައި ބާއްވާ 15 ވަނަ ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުގެ ސަމިޓް ބާއްވަން ނިންމައިފި އެވެ.

Ads by Sosun Fihaara

ބްލޮކާއި އެ ޖަމާއަތުގެ މެމްބަރުންނާ ބެހޭ ގޮތުން ފާހަގަކޮށްލެވޭ ބައެއް ހަގީގަތްތައް ތިރީގައި މިވަނީ އެވެ.

އެންމެ ފުރަތަމަ ދެކުނު އެފްރިކާ ނުހިމެނުނު ބްރިކް މި ލަފުޒަކީ 2001 ވަނަ އަހަރު އޭރުގެ ގޯލްޑްމަން ސޭކްސްގެ ޗީފް އިކޮނޮމިސްޓް ޖިމް އޯނީލް އުފެއްދި ދިރާސާ ކަރުދާހެއްގައި ބްރެޒިލް، ރަޝިއާ، އިންޑިއާ އަދި ޗައިނާގެ ކުރިއެރުމުގެ ގާބިލުކަން ދައްކުވައިދޭ ލަފުޒެކެވެ.

މި ބްލޮކަކީ 2009 ވަނަ އަހަރު ނުރަސްމީ ކްލަބެއްގެ ގޮތުގައި އުފައްދައި، އެމެރިކާ އާއި ހުޅަނގުގެ ބައިވެރިންގެ ބާރު ގަދަ ދުނިޔޭގެ ނިޒާމަކަށް ގޮންޖެހުމުގެ ޕްލެޓްފޯމެއް އެ ޖަމާއަތުގެ މެމްބަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ބްލޮކެކެވެ.

އެ ތަން އުފެއްދުމުގެ މަސައްކަތް ފެށީ ރަޝިޔާއިންނެވެ.

އެ ޖަމާއަތަކީ އދ، ވޯލްޑް ބޭންކް ނުވަތަ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީޒް (އޯޕެކް) ފަދަ ރަސްމީ މަލްޓިލޭޓަރަލް އޯގަނައިޒޭޝަނެއް ނޫނެވެ.

މެންބަރު ޤައުމުތަކުގެ ޤައުމުތަކުގެ އިސްވެރިންނާއި ސަރުކާރުގެ ވެރިން ކޮންމެ އަހަރަކުވެސް ބައްދަލުކުރައްވަނީ ކޮންމެ ޤައުމަކުންވެސް އެ ޖަމާޢަތުގެ އެއް އަހަރު ދުވަހުގެ ރޮޓޭޓިންގ ޗެއަރމަންކަން ހަވާލުކުރައްވައިގެންނެވެ.

ބްރެޒިލް، ރަޝިއާ، އިންޑިއާ އަދި ޗައިނާ އަކީ ފައުންޑިން މެމްބަރުންނެވެ.

އިޤްތިޞާދީ ބާރުވެރިކަމާއި އާބާދީގެ ގޮތުން އެންމެ ކުޑަ މެމްބަރު ދެކުނު އެފްރިކާއަކީ 2010 ވަނަ އަހަރު ބްރިކްސްގެ ނަމުން އެ ޖަމާއަތް މަޝްހޫރުވި ހިސާބުން ބްލޮކް ފުޅާވުމުގެ އެންމެ ފުރަތަމަ މަންފާ ލިބުނު ގައުމެވެ.

މި ޤައުމުތައް ގުޅިގެން ދުނިޔޭގެ އާބާދީގެ 40 އިންސައްތަ އާއި ދުނިޔޭގެ އިޤްތިޞާދުގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރެއެވެ.

ޖިއޯޕޮލިޓިކްސްގެ އިތުރުން އިގްތިސާދީ އެއްބާރުލުމާއި މަލްޓިލޭޓަރަލް ވިޔަފާރީގެ ދާއިރާ އާއި ތަރައްގީ އިތުރުކުރުން މި ގްރޫޕުގެ ފޯކަސް ހިމެނެ އެވެ.

އިޝްތިހާރު · ސްކްރޮލް ކުރިއަށް ގެންދަން ނިންމައިފި
ބްލޮކް ހިންގަނީ އިއްތިފާގުންނެވެ. ބްރިކްސްގެ ހުރިހާ ގައުމަކީ ވެސް ބޮޑެތި އިގްތިސާދުތަކުގެ ގްރޫޕް އޮފް 20 (ޖީ20) ގައި ހިމެނޭ ގައުމުތަކެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!