ދުނިޔެ

ޗައިނާގެ ނުރައްކަލާ ގުޅިގެން ޖަރުމަނުވިލާތުން ރިސާޗް ޕްރެކްޓިސްތައް ބައްޓަން ކުރަން ޖެހޭ - މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ ފަދަ ނިޒާމީ ވާދަވެރިންނާ އެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޖަރުމަނުގެ އިލްމީ އާދަތައް ސަލާމަތީ މަސްލަހަތާ އެއްގޮތަށް ގެންނަން ޖެހޭ ކަމަށް އެ ގައުމުގެ ރިސާޗް މިނިސްޓަރު އެފްއޭޒެޑް ނޫހުގެ ހޯމަ އެޑިޝަންގައި ޝާއިއުކޮށްފައިވާ އެޑިޓޯރިއަލްގައި ލިޔުއްވާފައިވެ އެވެ.

Ads by Sosun Fihaara

ޖަރުމަނު ވިލާތުގެ ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ޗައިނާގެ ސްޓްރެޓެޖީ އާންމުކުރީ އެ ގައުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަގްސަދުގަ އެވެ.

ބެޓީނާ ސްޓާކް-ވަޓްޒިންގަރ ވިދާޅުވީ މަދަނީ ދިރާސާތައް އަސްކަރީ އެޕްލިކޭޝަންތަކަށް ބަދަލުކޮށް، ކްރިޓިކަލް ޓެކްނޮލޮޖީތަކަށް ބަލާއިރު ޑޮމިނެންސް ހާސިލްކުރުމުގެ ބަޔާންކޮށްފައިވާ އަމާޒެއް އޮތް ވެރިކަމެއް ގެނައުމުގައި އަޅުގަނޑުމެން އޮޅުވާލައިގެން ނުވާނެ ކަމަށެވެ.

ޖަރުމަނުވިލާތުގައި ކުރިއަށް ގެންދާ ދިރާސާތައް މިހާރަށްވުރެ ބޮޑަށް ހިމާޔަތް ކުރަން ޖެހޭނީ ޗައިނާއަށް ނާޒުކު މައުލޫމާތު ފޯރުވުމުގެ ނުރައްކަލާއި، އަސްކަރީ ބޭނުންތަކަށް މަދަނީ ދިރާސާތައް އެގައުމުން ބޭނުން ކުރެވިދާނެތީ ކަމަށް މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

ޖަރުމަނުގެ ޚާރިޖީ ސިޔާސަތުގެ މަސްލަހަތުތަކުގެ ބެކްޑްރޮޕްގައި އެކްސްޕޯޓް ތައް ބަލާ ފެޑެރަލް އޮފީސް ފޯ އިކޮނޮމިކް އެފެއާޒް އެންޑް އެކްސްޕޯޓް ކޮންޓްރޯލާ ގުޅިގެން ޔުނިވާސިޓީތަކާއި ރިސާޗް އިންސްޓިޓިއުޓްތަކުގައި ހޭލުންތެރިކަން އިތުރުކުރުމަށް ސްޓާކް-ވަޓްޒިންގަރ ލަފާދެއްވައެވެ.

ޖަރުމަނުވިލާތުން މަދަނީ އަދި އަސްކަރީ ދިރާސާތައް ހަރުކަށިކޮށް ވަކިކުރުމާ މެދު ވެސް އަލުން ވިސްނަން ޖެހޭ ކަމަށް ސްޓާކް-ވަޓްޒިންގާ ވިދާޅުވީ އެމެރިކާ އާއި އިސްރާއީލަކީ ފަހުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ރިއާޔަތްކޮށް މި ތަފާތު ނުކުރާ ގައުމުތަކުގެ ގޮތުގައި އިޝާރާތް ކުރައްވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!