ދުނިޔެ

ޕާކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުތަކުގައި ސޮއި ނުކުރައްވާ ކަމަށް ޕާކިސްތާނުގެ ރައީސް ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ވަނީ ދައުލަތާއި އަސްކަރިއްޔާއާ ދެކޮޅަށް ހިންގާ ފައިވާ އަމަލުތަކުގެ ސަބަބުން މީހުންގެ މައްޗަށް ދައުވާ ކުރުމުގެ އިތުރު ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންދާނެ ދެ ބިލެއްގައި ސޮއިކުރުމަށް ދެކޮޅު ހައްދަވާފައެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއިން ވެސް މި ބިލްތައް ފާސްކޮށްފައިވާއިރު އަލްވީ އަކީ އެ ދެ ބިލް ފާސްކުރި ކޯލިޝަން ސަރުކާރާ ދެކޮޅު ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ މެމްބަރެކެވެ.

"މާތް الله އަކީ އަޅުގަނޑުގެ ހެކިވެރިއެއް ކަމުން، އޮފިޝަލް ސީކްރެޓްސް އެމެންޑްމަންޓް ބިލް 2023 އަދި ޕާކިސްތާން އާމީ އެމެންޑްމަންޓް ބިލް 2023 ގައި ސޮއި ނުކުރީ މި ގާނޫނުތަކާ ދެކޮޅު ހެދުމުން،" ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވި އެކްސްގައި އަލްވީ ލިޔެފައިވެ އެވެ.

"އެމީހުންގެ ކިބައިން އެތައް ފަހަރަކު ކަށަވަރުކޮށްދީ، އެމީހުން އެނބުރި އަތުވެއްޖެކަން ޔަގީންކޮށްދިނީމެވެ.

"އެހެންނަމަވެސް އަޅުގަނޑަށް މިއަދު އެނގުނީ އަޅުގަނޑުގެ ސްޓާފުން އަޅުގަނޑުގެ އިޚްތިޔާރާއި އަމުރަށް އުނިކަން ގެނެސްދިންކަން... އެކަމުގެ އަސަރު ކުރާނެ މީހުންގެ ކިބައިން ފާފަފުއްސެވުން އެދެމެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސް އިން ބުނީ އަލްވީގެ މި ނިންމުމަކީ ވަރަށް ކަންބޮޑުވާ ނިންމުމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!