ޚަބަރު ސިޔާސީ

ކުރީ ސަރުކާރުން ބަޖެޓު ހޭދަ ކުރީ ޕެޕަރ ސްްޕްރޭ ގަންނަން: ރައީސް ޞާލިޙު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީ ސަރުކާރުން ބަޖެޓު ހޭދަ ކުރީ، ޕެޕާ ސްޕްރޭއަށާއި، މީހުން ޖަލަށް ލުމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ބ.ކަމަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ވެސް ރައީސް ޞާލިޙު ވަނީ ތުހުމަތު ކުރައްވައިފައެވެ.

"ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވީ ފުރަތަމަ ކަމަކަށް. ބޮޑެތި ފަޅުތަކާ ބޮޑެތި ރަށްތައް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީގެ ތެރެއަށް ބަޖެޓު ތެރެއަށް ވައްދަންވީ ފައިސާ ގެއްލުވާލީ." ރައީސް ވިދާޅުވިއެވެ.

ދެން ލިބުނު ފައިސާ އެއް ހޭދަކުރަންޖެހުނީ ޕެޕާ ސްޕްރޭ އަށާއި ރައްޔިތުން ޖަލުގައި ބައިތިއްބަން ކަމަށާއި ފުލުސް އޮފީހުގެ ބަޖެޓަށް ބެލި ނަމަވެސް އެކަން ފެންނަން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ބ.ކަމަދުއަށް ކޮށްދެއްވާނެ ބައެއް ކަންކަން ވިދާޅުވެދެއްވައިފައެވެ. އެގޮތުން އެ ރަށުގައި ސްވިމިން ޓްރެކެއް އެޅުމާއި، ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުން ވެސް ހިމެނެއެވެ.

  1. މަރުމޯލު

    ދެފަހަރުހަމަޔައްް އެއްޗެއްބުންނޭގޭޭ މަރުމޯލެއްވެރިކަމައްް ގެނައިމާާ އޭޗަކައްް ވާއެއްނުވާއެއްނޭގޭނެެ ޗޯރުންނަކީީ ވައްކަމުގެެ ހައްދުންް ނެއްޓުނީމާާ ރައްޔިތުންދޭެ ލަގަބެއްް އެލަގަބުު ދެންނުފިލާނެެ ޗޯރުންް ދައްކާނީީ ކޮންމެވެސްް ގޯހެއްހަދާނެެ ވާހަކަަ