ޚަބަރު

ސަރުކާރުގެ ހަމަލާތަކަށް ރައްދު ދޭނީ ވޯޓުން: ‏ޢަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ދެމުންދާ ބަހުގެ ހަމަލާތަކަށް ރައްދު ދެެއްވާނީ ރިޔާސީ އިންތިޚާބުގެ ވޯޓުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަޙީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، ސ. މަރަދޫ ޖަގަހަ ހުޅުވުމަށް މެންދުރު ބޭއްވި ޖަލްސާގައެވެ.

އޭނާ ވިދާޅުވީ އެ ކޯލިޝަންގެ ތެރޭގައި ފިތުނަ އުފައްދައި، ބައިބައިކޮށްލަން ބަޔަކު ވާހަކަތައް ފަތުރަމުންދާއިރު، އެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ވާދަވެރިންނަށް ޕީޕީއެމް އާއި ޕީއެންސީ އަކީ ކޯޗެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ޕީޕީއެމްއަކީ ޕީއެންސީ. ޕީއެންސީއަކީ ޕީޕީއެމް. މި ދެ ޕާޓީއަކީ ރައީސް ޔާމީން. އެހެންވީމާ، ޕީޕީއެމް އިން ނުކުތަސް، ޕީއެންސީން ނުކުތަސް އެ ނުކުންނަނީ ރައީސް ޔާމީން ނެރުއްވި ކެންޑިޑޭޓް،" އޭނާ ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ވާދަވެރިން ދައްކާ ވާހަކަތައް ރައްދު ދިނުމުގެ ބަދަލުގައި، ޢަމަލު ގިނަ ކުރުން މުހިންމު ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!