ޚަބަރު

ކޮވިޑް-19: ކުރަމަތި ރިސޯޓުން ދިވެއްސަކު ކަރަންޓީން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އއ.އަތޮޅުގައި ހިންގާ ކުރަމަތި އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ދިވެއްސަކު ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސް ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ ޓެސްޓު ކުރަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ކުރަމަތި ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ބައްޔަށް ޓެސްޓު ކުރަން ފަށާފައިވާއިރު، އެ ރިސޯޓުގައި ހުރި ބިދޭސީ އެއްގެ ފަރާތުން ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

އެ ރިސޯޓަށް މީހުން އަރައި ފޭބުން ވަގުތީ ގޮތުން މިހާރު އޮތީ މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހަށް ވަނީ ހަ މީހަކު ޕޮޒިޓިވްވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

ކުރަމަތި ރިސޯޓުގެ އިތުރުން އިތުރު ހަތަރު ރިސޯޓަށް މީހުން އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އެއީ ވަންޑް އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. އަތޮޅު)، ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު) އަދި ވިލަމެންދޫ އައިލެންޑް ރިސޯޓް (އދ. އަތޮޅު) އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!