ދުނިޔެ

އިންޑިއާ ހަނދަށް، އާ މަންޒަރުތައް ފެންނަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ހަނދަށް އުޅަނދެއް ފޮނުވުމަށް ކުރި -- ބުރަ އަދި ދިގު ދަތުރު ކާމިޔާބުކޮށްފި އެވެ.

Ads by WAMCO

މި ކާމިޔާބާ އެކު އިންޑިއާ ވެފައި މިވަނީ ހަނދަށް އުޅަނދެއް ފޮނުވި ހަތަރު ވަނަ ގައުމަށެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން އިން ހަނދަށް މިސްރާބުކޮށް މީގެ 40 ދުވަސް ކުރިން އުދުއްސާލި ޗަންދްރަޔާން-3 އިއްޔެ ވަރަށް ހަވީރުގެ ވަގުތެއްގައި ވަނީ ހަނދަށް ފޯރާފަ އެވެ.

ޗަންދްރަޔާން-3 ހަނދުގެ މާހައުލަށް ވަނުމަށް ފަހު، ހަނދަށް ތިރިކުރުވީ އޭގައި ހިމެނޭ ވިކްރަމް ނަމަކަށް ކިޔާ އެހެން އުޅަނދެކެވެ. މި އުޅަނދު ހަނދުގެ ބިމުގައި ޖެހުމާ އެކު ރިމޯޓް ކޮންޓްރޯލް ކުޑަ ކާރެއް ވަރުގެ އެހެން އުޅަނދެއް ހަނދުގެ ފަސްގަނޑަށް ވަނީ ދޫކޮށްލާފަ އެވެ.

ޗަންދްރަޔާން-3 ހަނދާ ގާތްވަމުން ދިޔައިރު ނަގާފައި ހުރި ބައެއް ފޯޓޯތައް އިސްރޯއިން މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ފޮޓޯތަކުން އާދައިގެ މީހަކަށް އެއްޗެއް ނުވިސްނުނު ނަމަވެސް، ޖައްވީ ސައިންސްވެރިންނަށް ބޮޑު ފިލާވަޅަކަށް ވާނެ އެވެ.

ސައިންސްވެރިން ބުނާ ގޮތުން އިންޑިއާގެ މި އުޅަނދު ހަނދުގައި މާގިނައިރު ދެމިއެއް ނޯންނާނެ އެވެ. އިސްރޯއިން މި އުޅަނދު ޑިޒައިންކޮށްފައި ވަނީ ދިގު މުއްދަތަކަށް ހަނދުގައި ދެމިއޮންނަ ގޮތަށް ވުރެ ބޮޑަށް އެ ހިސާބަށް އުޅަނދެއް ފޮނުވައި، ކުރިއަށް ހުރި ދަތުރުތަކަށް ފިލާވަޅެއް ގޮތަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!