ޚަބަރު

ކޮވިޑް-19 ރާއްޖޭގައި ފެތުރުމަށް މަގުފަހިވީ މި ސަރުކާރުގެ ފަރުވާކުޑަ ކަމުން: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ރާއްޖޭގައި ފެތުރުމަށް މަގުފަހިވީ މި ސަރުކާރުގެ ފަރުވާ ކުޑަކަމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮވިޑް-19 އަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުންނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރާއްޖެއިން ވައިރަސް ފެނުނުތާ މިވީ ހަތަރު ވަރަކަށް ދުވަސްތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނާ މުހާތަބު ނުކުރައްވަނީކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

"އެމެރިކާއިން މި ބަލި ފެނުނުތާ ފުރަތަމަ ދުވަހު އެ ގައުމުގެ ރައީސް ވަނީ ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވާފައި، އޭގެ ފަހުން ނައިބް ރައިސް ވަނީ ވާހަކަ ދައްކަވާފައި، އަދި އެކަމަށްޓައި އުފެއްދެވި ކޮމެޓީ ޗެއަރ ކުރައްވަނީ ވެސް ނައިބް ރައީސް،" އަދުރޭ ވިދާޅުވިއެވެ.

އެކަމަކު މި ގައުމުގައި ރައީސެއް ނައިބް ރައީސް ވީތަނެއް ނޭނގޭ ކަމަށާއި އެންމެ ފުރަތަމަ މިކަމާ ގުޅިގެން ބާއްވަން ފެށި ނޫސް ކޮންފަރެންސްތަކުގައި ހެލްތު މިނިސްޓަރާއި ޓުރިޒަމް މިނިސްޓަރު މައުލޫމާތު ދެއްވަމުން ގޮސް މިއަދު އެ ދެ ބޭފުޅުން ވެސް ވީތަނެއް ނޭނގޭ ކަމަށެވެ.

"މިހުރިހާ ކަމަކުން ދޭހަވަނީ ސަރުކާރުން މިކަމާ ދޭތެރޭގައި އިހުމާލުވެފައި އޮތް މިންވަރު، ހަގީގަތުގައި ވެސް މި ވައިރަސް ރާއްޖޭގައި ފެތުރުމަށް މަގުފަހިވެގެން ދިޔައީ މި ސަރުކާރުގެ ފަރުވާކުޑަ ކަމުން، މި ސަރުކާރުން އިހުމާލުވުމުން، ކީއްވެގެން ތޯއޭ އެ ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދާން ޖެހުނީ، ފުރައިގެން ދާން ޖާގަ ދިނީ ކޮން ބައެއްތޯއޭ. އެކަން ނުބެލުނީ ކީއްވެތޯއޭ، އެކަމާ ދޭތެރޭ ފިޔަވަޅު ނޭޅުނީ ކީއްވެ ތޯއޭ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޗައިނާ ފަތުރުވެރިން ރާއްޖެއައުން މަނާ ކުރެވުނު ގޮތައް އިޓަލީ ފަތުރުވެރިން ރާއްޖެއައުން ވެސް މަނާ ކުރެވެން ޖެހޭނެ ކަމަށާއި އަޅުގަނޑުމެންނަށް މުހިންމުވާން ވާނީ ރައްޔިތުންކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!