އަންހެނުންގެ ތައުލީމާއި ހަރަކާތަށް ތާލިބާނުން އަލަށް އެޅި ފިޔަވަޅުތައް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކުށްވެރިކޮށްފި
އަފްޣާނިސްތާނުގެ އަންހެނުންގެ ތައުލީމާއި ދަތުރުފަތުރަށް ތާލިބާނުން އެންމެ ފަހުން އަޅާފައިވާ ފިޔަވަޅުތައް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ކުށްވެރިކޮށްފައި މިވަނީ އަފްޣާނިސްތާނުގެ އެންމެ މަގުބޫލު އެއް ނޭޝަނަލް ޕާކަށް ޒިޔާރަތް ކުރުން މަނާކޮށް، އެކަޑަމިކް ސްކޮލަޝިޕްތަކުގައި ކިޔެވުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރުން ހުއްޓާލުމާ ގުޅިގެންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ ޔުނިވާސިޓީގެ ކިޔެވުން ފެށުމަށް އަންހެން ދަރިވަރުން ދުބާއީއަށް ދިއުން މަނާކޮށް ތާލިބާނުން އެންމެ ފަހުން އެޅި ފިޔަވަޅު ކުށްވެރިކުރާ ކަމަށެވެ.
އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާތައް ދައްކުވައިދޭ މި ނިންމުމަކީ ތައުލީމުގެ ހައްގާއި ހިނގާބިނގާވެ އުޅުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި މިއީ އަފްޣާނިސްތާނުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާތައް ދައްކުވައިދޭ ނިންމުމެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއިން މީގެ ކުރިން ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
"ތާލިބާނުންގެ ޑި-ފެކްޓޯ އޮތޯރިޓީން މިހާރުން މިހާރަށް އެ މީހުންގެ ނިންމުން ބަދަލުކޮށް، މި އަންހެން ދަރިވަރުންނަށް ދަތުރުކޮށް ކިޔެވުމުގެ ފުރުސަތު ދޭން ޖެހޭ."
ދުބާއީގެ ޖަމާއަތެއްގެ އިސްވެރިއަކު ވިދާޅުވީ ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން 100 އެއްހާ އަންހެނުން ޔޫއޭއީއަށް ދަތުރުކުރުން ހުއްޓުވާފައިވާ ކަމަށާއި އެތަނުން އޭނާ ބުނީ ޔުނިވާސިޓީގެ ތައުލީމު ސްޕޮންސާ ކޮށްފައިވާ ކަމަށެވެ.
އަލް ހަބްތޫރު ގްރޫޕްގެ ފައުންޑިން ޗެއާމަން ޚަލަފް އަހްމަދު އަލް ހަބްތޫރު އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވީ އަންހެން ދަރިވަރުން ޔުނިވާސިޓީއަށް ދިއުމަށް ސްޕޮންސާ ކުރަން ރާވާފައިވާ ކަމަށާއި އޭނާ ފައިސާ ދެއްކި މަތިންދާ ބޯޓެއް ބުދަ ދުވަހު ޔޫއޭއީއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.