ޚަބަރު

އިޓަލީ އިން އެނބުރި ރާއްޖެއައި 2 ދިވެއްސަކު ކަރަންޓީން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިޓަލީ އިން ފުރައިގެން އެނބުރި ރާއްޖެއައި ދެ ދިވެހިން ކަރަންޓީން ކޮށްފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެެޖެންސީ(އެޗްޕީއޭ)އިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދެ ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރެވެމުން ދާ ކަމަށެވެ.

ވައިރަހާ ގުޅިގެން އިޓަލީން ރާއްޖެ އަށް މީހުން އައުން މަނާކޮށްފައިވާއިރު، ސަރުކާރުން މީގެކުރިން ވަނީ އިރާނާއި، ބަންގްލަދޭޝް އަދި ދެކުނު ކޮރެޔާގެ ދެ ސަރަހައްދަކުން މީހުން އައުން ވެސް މަނާކޮށްފައެވެ.

އަދި ޗައިނާ އިން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމާއި ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ވަނީ މަނާކޮށްފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާވައިރަހަށް ރާއްޖެއިން ވަނީ ހަ ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

މީގެ އިތުރުން ހަތަރު ރިސޯޓަކަށް އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އެއީ ވަންޑް އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ކުރެއްދޫ އައިލެންޑް ރިސޯޓް، ސޭންޑީޒް ބަތަލާ އައިލެންޑް އަދި ކުރަމަތި މޯލްޑިވްސް އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!