ޑިމޮކްރެޓްްސްއާއި ގުޅިވަޑައިގެންނެވި މެމްބަރުން، މަޖިލީހަށް އެކަން އަންގަވައިފި
 
                                                    މޯލްޑިވިއަން ޑިމޮކްރެޓް ޕާޓީ(އެމްޑީޕީ) ދޫކޮށް "ދަ ޑިމޮކްރެޓްސް"އާ ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުން އެ ޕާޓީއާއި ގުޅުނުކަން މަޖިލީހުގެ އިދާރާއަށް އަންގަވައިފިއެވެ.
އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޙަސަން ލަތީފު ވިދާޅުވީ، މިހާރު ހުރިހައި މެންބަރުން ޕާޓީއާއި ގުޅުނުކަން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
މަޖިލިސް ފެށުނުއިރު، އާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވިކަން މަޖިލީހަށް އެންގެވީ، އެ ޕާޓީ އާއި ގުޅިވަޑައިގެންނެވި 14 މެމްބަރުންގެ ތެރެއިން ތިން މެމްބަރެކެވެ.
އެއީ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމްއާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ އިތުރުން މަޑަވެލި ދާއިރާގެ މެމްބަރު ޙުސެއިން ފިރުޝާންއެވެ.
ޑިމޮކްރެޓްސް އަކީ، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި، އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ.
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
