ދުނިޔެ

ޗައިނާއިން ބްރެޒިލްއަށް ކުރާ އިންވެސްޓްމެންޓްތައް ބޮޑުތަނުން ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބްރެޒިލް-ޗައިނާ ބިޒްނަސް ކައުންސިލް (ސީއީބީސީ) އިން ބުނީ، 2022 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު ބްރެޒިލްގައި ޗައިނާއިން ކުރި އިންވެސްޓްމަންޓްތައް 78 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށާއި، މިއީ ފާއިތުވި 13 އަހަރުގެ ތެރޭގައި އެންމެ ދަށް އަދަދަކަށް ގޮސްފައިވާ ކަމަށެވެ.

Ads by Sosun Fihaara

ބްރެޒިލްގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ކަމަށްވާ ޗައިނާއިން މިދިޔަ އަހަރު އެގައުމަށް ސީދާ އިންވެސްޓްމަންޓްގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާ އިރު، މިއީ 2009 ވަނަ އަހަރަށް ފަހު އެންމެ ދަށް މިންވަރެއް ކަމަށް ސީއީބީސީގެ ދިރާސާއަކުން ދައްކައިފި އެވެ. ބްރެޒިލްގައި 2022 ވަނަ އަހަރު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އާ އަޅާބަލާއިރު، 95 އިންސައްތަ އިގެ ކުރިއެރުމަކާއެކު 90.6 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭ އެންމެ މަތީ އަދަދެކެވެ.

މިދިޔަ އަހަރު ޗައިނާއިން އިއުލާނުކުރި 4.7 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ދިޔައީ އެންމެ 28 ޕަސެންޓް ކަމަށް ސީއީބީސީން ބުންޏެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު، ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގެ ތެލުގެ ދެ މަޝްރޫއަކުން 5.9 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތައް ފުރިހަމައަށް ހަގީގަތަކަށް ވެގެން ދިޔަ އަހަރެވެ.

ސީއީބީސީގެ ރިސާޗް ހެޑް ޓުލިއޯ ކެރިއެލޯ ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުގެ އެ ނަތީޖާއިން އެއާ އަޅާބަލާއިރު ނުރަނގަޅު މިންގަނޑެއް ގާއިމުކުރެވުނެވެ.

ބައެއް ޕްރޮޖެކްޓްތައް ލައިސަންސް އެޕްރޫވަލް ތަކުން ހިފެހެއްޓިދާނެ ކަމަށް ކެރިއެލޯ ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!