އިމްރާން ޚާން އިތުރު 14 ދުވަހު ހުންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަނެއްކާވެސް 14 ދުވަހު ޖަލުގައި ބަހައްޓަން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ބުދަ ދުވަހު އެގޮތަށް އެގައުމުގެ ކޯޓަކުން ނިންމުމުން އޭނާއަށް ތާއީދުކުރާ އާއްމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު އެ ހުކުމް ތަންފީޒުކުރަން ފެށީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ ޖަލަށް ލާން ހުކުމްކުރީ ގައުމުތަކުން ދޭ ހަދިޔާ އުސޫލުން ބޭރުން ބޭނުންކުރެއްވިކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގެ ޖަލު ހުކުމް ސަސްޕެންޑްކޮށްފައިވަނީ އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ނިމެންދެންނެވެ. އިމްރާންގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތަކަކަށް އޭނާ ވަނީ އިންކާރުކުރައްވާފައެވެ. އިމްރާންގެ މައްޗަށް 100އަށްވުރެ ގިނަ ދައުވާ ވަނީ އުފުލާފައެވެ.