ޚަބަރު

އިންތިހާބު ލަސް ކުރަން ޖެހޭފަދަ ހާލަތެއް އަދި ނެތް: އީސީ

ދެން އެމްވީ ، ދެން އޮންލައިން

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ހާލަތެއް އަދި ރާއްޖޭގައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ

Ads by Hajj Corporation

އިލެކްޝަން ކޮމިޝަނުން މިހާރު ބާއްވަމުން ގެންދާ ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވަންޖެހޭ ތާރީހުގައި ނުބާއްވާ ތާރީހަށް ބަދަލު ގެނައުމުގެ ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން ޖެހޭނީ ކޯޓު މެދުވެރިކޮށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވެފައިވަނީ އިންތިޚާބު ބާއްވަން ޤާނޫނުގައި ކަނޑައެޅިފައިވާ ތާރީޚަށްވުރެ ފަސް ތާރީޚެއްގައި އިންތިޚާބު ބާއްވަންޖެހޭ ފަދަ އެއްވެސް ޙާލަތެއް މެދުވެރިވެފައިވާ ކަމަށް ކޮމިޝަނުގެ އެއްވެސް މެންބަރަކު ޤަބޫލު ނުކުރައްވާ ކަމުގައެވެ.

އަދި އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އިލެކްޝަންސް ކޮމިޝަނުން ކޯޓުގެ އިސްތިޝާރީ ލަފައެއްް ހޯދާނެ ކަމުގައިވެސް އެކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ލަފައަކަށް އެކޮމިޝަނުން އެދެންޖެހޭ ފަދަ ޙާލަތެއް އަދި ނެތް ކަމުގައެވެ.

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާ ޢާންމު އެއްވުންތައް ހުއްޓުވުމުގެ ގޮތުން އިންތިޚާބު ފަސްކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި ބައެއް ސިޔާސީ ލީޑަރުންވެސް އެކަމަށް ގޮވާލައްވާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!