އިދިކޮޅުގެ ރިޔާސީ ކެމްޕެއިން ނިންމައިލުމަށް މިއަދު ބޮޑު ހިނގާލުމެއް ބާއްވަނީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެމްޕެއިން ނިންމައިލުމަށް ބާއްވާ ބޮޑު ހިނގާލުން މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ.
މި ހިނގާލުމުގައި، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިދިކޮޅުން ބުނިގޮތުގައި، މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:45 ގައެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ މި ހިނގާލުމުގައި މުއިއްޒުގެ އިތުރުން ރަނިންމޭޓް ޙުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ހިނގާލުމަކީ އާންމުކޮށް ހުރިހާ ފަރާތްތަކުން ބައިވެރިވުމުގެ ފުރުސަތު ދީފައިވާ ހިނގާލުމަކަށްވާތީ ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން އެދެއެވެ.