Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19 އަކީ އިންތިހާބީ އުކުޅަކަށް ނުހަދަން ވެއްޖެ: މޫސަ

ކޮވިޑް-19 އަކީ އިންތިހާބީ އުކުޅަކަށް ހަދާހެދުން ހުއްޓާލަން ވެއްޖެ ކަމަށް ކުރީގެ ހުޅުހެންވޭރި ދާއިރާގެ މެމްބަރު އަދި ކުރީގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު(ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން މި ވިދާޅުވީ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ގިނަ ސިޔާސީ ބޭފުޅުންތަކެއް ގޮވާލަމުން ދަނިކޮށެވެ.

މޫސ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ރޯގާ އަކީ ސިއްޙީ ދާއިރާގެ ތަޖްރިބާ ހުރި ބަޔަކު ފަރުވާތެރި ކަމާއެކު ދުނިޔެއިންވެސް ބަލަމުން ފިޔަވަުއަޅަމުން ގެންދާ ކަމެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

"މިކަން ހައްލުކޮއް ފިޔަވަޅު ތައް އެޅުން ސިއްހީ މީހުނައް ދޫކޮށް ސިޔާސީ މީހުން ގޮތްކިއުން ހުއްޓަން ވެއްޖެ. އިންތިޚާބީ އުކުޅަކަށް ނުހަދަންވެއްޖެ." މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބު ފަސްުކުރާއިރު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވުމުން އެމީހުނައް އިތުރައް އެމަގާމުގަ ނުތިބެވޭނެ ކަމަށެވެ.

ދެން ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް އައްޔަންކުރާ ބަޔަކައް ހިންގިދާނެ. އިންތިޚާބު ލަސްކުރަން އެދޭ ސިޔާސީ ބޭފުޅުން އެގޮތާ ރުހޭ ބާ." މޫސަ ވިދާޅުވިއެވެ.

މޫސަގެ މި ވާހަކަތަކުން އިންތިހާބު ފަސްކުރަން އެބޭފުޅާ ބޭނުންފުޅުވެ ނުލައްވާކަން ހާމަވެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް