Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހިނގާބަލަ ސަންސެޓް ބަލަން ދާން!

އިރުއޮއްސޭ މަންޒަރަކީ ގިނަ ބަޔަކު ވަރަށް ބަލާ ހިތްވާ މަންޒަރެކެވެ. މުޅި ދުވަހު މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅުމަށްފަހު ހުރިހާ ސްޓެރެސް އެއް ފިލުވާލާ ބޯ ހަމަ ޖައްސާލުމަށް އިރު އޮއްސޭ މަންޒަރު ބަލާލަންދާ މީހުން ވަރަށް ގިނައެވެ.

ކޮންމެ ދުވަހަކުހެން އިރު އޮއްސޭ ގަޑީގައި ސްނެޕް ސްޓޯރީތަަކާއި އިިންސްޓަގްރާމް ބަލާލުމުން މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ގުދުރަތީ ގޮތުން އުޑުމައްޗަށް އަރާ އޮރެންޖާއި ރަތް ކުލައިގެ އެކި ޝޭޑްތަކަކީ ގިނަ ބަޔަކު ފޮޓޯ ނަގަން ވެސް ލޯބި ކުރާ މަންޒަރެކެވެ.

ކަން މިހެން އޮތް އިރު ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި އިރު އޮއްސޭ މަންޒަރު ބެލުމުގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން އިރު އޮއްސޭ މަންޒަރު މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކޮށްދޭ ކަމެކެވެ. ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ގުދުރަތީ ކަންތައްތަކާއި ގާތް ގުޅުން ބާއްވާ މީހުންގެ ސިކުނޑިއަށް އުފާވެރިކަން ގެނެސްދީ ނަފްސު އުފާކޮށްދެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީއަކަށް ވެދެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ވެސް ގިނަ ގިނައިން އިރު އޮއްސޭ މަންޒަރު ބަލާ މީހުންނަކީ އެހެން މީހުނަށް އަޅާލާ އޯގާތެރިވާ ބައެއް ކަމުގައި ސައިކޮލޮޖީ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މިކަން މިހެން ވަނީ އިރުއޮއްސޭ މަންޒަރު ބެލުުމުން ސިކުނޑިއަށް ޕޮސިޓިވް ވިސްނުންތައް ގެނުވާތީއެވެ. ހަމައެހެންމެ އިރުއޮއްސޭ މަންޒަރު ބެލުމަކީ ހަޔާތް އުފާވެރިކޮށްދޭ ކަމެއްވެސް މެއެވެ.

މިފަދަ ގިނަ ފައިދާތަކެއް ، އިރު އޮއްސޭ މަންޒަރު ބެލުމުން ތިމާއަށް ލިބިދޭއިރު ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހުސްކޮށްލައިގެން އިރު އޮއްސޭ މަންޒަރު ބަލާލަން ނުދާންވީ ސަބަބެއް ނެތެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް