ދުނިޔެ

ޗައިނާ އާއެކު ފިނި ހަނގުރާމައެއް ކުރާކަށް ނޫޅެން: ބައިޑަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަގުވާމީ ދުނިޔޭގައި ޗައިނާގެ ބާރު ގަދަވިޔަ ނުދީ ހުއްޓުވަން ޗައިނާ އާ ފިނި ހަނގުރާމައެއް ނުކުރާ ކަމަށް އެެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވިއެޓްނާމަށް އެރި އެމެރިކާ ސިަފއިން ފޭބިތާ 50 އަހަރަށް ފަހު އެގައުމާއެކު ގުޅުން ބަދަލި ކުރުމަށް ވި އެއްބަސްވުމަކަށް ފަހު ބައިޑަން ވިދާޅުވީ، އެމެރިކާއިން ޗައިނާ ހުއްޓުވަން ނޫޅޭ ކަމަށާއި އެމެރިކާއިން ކުރާ ކަމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ސުލްހަމަސަލަސްކަން ގާއިމު ކޮށް ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އެއީ އިގްތިސޯދީ ގޮތުން ހަމަޖެހުން ގެނައުން އެކަނިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ޗައިނާ އާއި އެމެރިކާ އާ ދެމެދު ފިނި ހަނގުރާމައެއް ނެތް ކަމަށެވެ.

"އަހަރެން ބޭނުން އިގްތިސޯދީ ގޮތުން ޗައިނާއަށް ކާމިޔާބުވާތަން ދެކެން، ނަމަވެސް އުސޫލުތަކާ އެއްގޮތަށް"

ބައިޑަން

ނަމަވެސް ޗައިނާއިން ބުނެފައި ވަނީ، އެމެރިކާއިން ވިއެޓްނާމާ އެކު އެއްބަސްވުންތައް ގާއިމު ކުރުމުން ދޭހަކޮށްދެނީ، ފިނިހަނގުރާމައެއްގެ ވިސްނުން އެމެރިކާއިން ގެންގުޅޭ ކަމަށެވެ.

ޗައިނާގެ ނުފޫޒުން ބޭރުވެ ވިޔަފާރިތަކުން މިހާރުވެސް އިންވެސްޓް ކުރަމުން އަންނަ ވިއެޓްނާމަކީ، އެމެރިކާއަށް ވެސް މުހިންމު ގައުމެކެވެ. ޑެލް، މައިކްރޯސޮފްޓް، ގޫގްލް އަދި އެޕަލް ފަދަ މަލްޓި ބިލިއަން ޑޮލަރުގެ ކުންފުނިތަކުން ވެސް މިހާރު ވަނީ ވިއެޓްނާމުގައި އިންވެސްޓް ކޮށްފައެވެ. އޭގެ ބޭނުމަކީ ޗައިނާގެ ނުފޫޒު އެ ވިޔަފާރިތަކަށް ފޯރިޔަ ނުދިނުމެވެ.

އެމެރިކާގެ އިންޓަރެސްޓަކީ ނުވަތަ ޝައުގުވެރި ކަން އޮތީ، އެޑްވާންސް ސެމިކޮންޑަކްޓަރު ފަދަ ޓެކްނޮލޮޖީގެ ދާއިރާތައް ވިއެޓްނާމުގައި ފުޅާކޮށް އެޑްވާންސް ޓެކްނޮލޮޖީ ހޯދުމަށް ޗައިނާއަށް ހުރި މަގުތައް ބަންދު ކުރުމަށެވެ.

އެމެރިކާއިން ވިއެޓްނާމާ އެކު ގުޅުންތައް ބަދަހި ކުރަމުން ދާ އިރު، އެގައުމަކީ މިހާރުވެސް ޗައިނާގެ ބެކްޔާޑެއް ފަދަ ގައުމެކެވެ. ޗައިނާގެ ނުފޫޒާއި ވިޔަފާރިއާއި އެނޫންވެސް އެތައް ގުޅުމެއް އެގައުމާއެކު އޮވެއެވެ. އެހެން ކަމުން ވިއެޓްނާމުގެ ވިސްނުން އެއްކޮށް ބަދަލުކޮށްލުމުގައި އެމެރިކާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އަތްގަދަ ކުރާ މައްސަލަ އާއި އިންޑޯ ޕެސިފިކްގައި ޗައިނާގެ ބާރު ފުޅާވެގެން ދާ މައްސަލައަކީ، ވިއެޓްނާމުވެސް އެހާ ހިތްހަމަ ޖެހޭ މައްސަލައެއް ނޫނެވެ. އެހެން ކަމުން ހުޅަނގާއި އަދި އެމެރިކާއާ ގުޅުން ބަދަހިވެގެން ދިޔުމުން، ޗައިނާގެ ސިޔާސަތަށް ކޮންމެވެސް ވަރެއްގެ ދޫދިނުމެއް އަންނާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!