ދެވަނަ ބުރުގައި ވޯޓުލާާން އިތުރު ވަގުތު ދެނީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ދިން ވަގުތު އިތުރު ކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަން(އީސީ)އިން ގެނައި ބަދަލާއިއެކުގައި، އެ ދުވަހު، ހެނދުނު 8:00 އިން ހަވީރު 17:00 ޖަހަންދެން ވޯޓުލުން ކުރިއަށް ގެންދެވޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލުން ބަންދުކުރާ ގަޑިއަށް ބަދަލު ގެނައީ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ލަފާގެ މަތިންކަމަށެވެ.
އެގޮތަށް ބަދަލު ގެނެސްފައި ވަނީ، މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޢަދަދު މަދުވުމުން، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށް ހަބީބު ވިދާޅުވިއެވެ.
Ads by Allied Insurance