ދުނިޔެ

އިންޑިއާއިން އިރަށް ކުރާ ފުރަތަމަ މިޝަން ކާމިޔާބު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން އިރަށް ކުރާ ފުރަތަމަ އޮބްޒަވޭޝަން މިޝަން ކާމިޔާބުކަމާ އެކު ހޮނިހިރު ދުވަހު ލޯންޗުކޮށްފި އެވެ.

Ads by Sosun Fihaara

އަދިތުޔާ-އެލް1 ލޯންޗުކުރީ އިންޑިއާ ގަޑިން ހެނދުނު 11:50 ގައި ސްރީހަރިކޯޓާ ލޯންޗު ޕެޑުންނެވެ. ދުނިޔެއާ 1.5 މިލިއަަން ކިލޯމީޓަރު ދުރަށް އެ ރޮކެޓު ދަތުރުކުރާނެ އެވެ. އެއީ ދުނިޔެ އާއި އިރާ ދެމެދުގައިވާ ދުރުމިނުގެ އެއް ޕަސެންޓެވެ.

އިންޑިއާގެ ޖައްވީ އިދާރާއިން ބުނީ އެ ހިސާބަށް ދަތުރުކުރަން ހަތަރު މަސް ހޭދަަވާނެ ކަމަށެވެ. އެ ހިސާބަށް ދިޔުމަށް ފަހު އަދިތުޔާ-އެލް1 އިން ދުނިޔެއާ އެއް ރޭޓެއްގައި ހަނދު ވަށާ ބުރުޖަހަން ފަށާނެ އެވެ. އެހެންވެ، އެ ސެޓެލައިޓް އޮޕަރޭޓް ކުރަން ބޭނުންވަނީ ވަރަށް މަދު ހަކަތަ އެވެ.

ބުރު ޖެހުމުގެ ތެރެއިން ސެޓެލައިޓްގެ މަސައްކަތަކަށް ވާނީ އިރާ ގުޅޭ ސައިންޓިފިކް ހޯދުންތައް ހޯދުމެވެ. އިންޑިއާގެ ނޫސްތަކުން ބުނީ އެ މިޝަނަށް ހޭދަވަނީ 46 މިލިއަން ޑޮލަރު ކަމަށެވެ.

އިންޑިއާއިން އިރަށް ފުރަތަމަ މިޝަން ފޮނުވި އިރު، މިދިޔަ މަހު އެ ގައުމުގެ ވަނީ ހަނދަށް ވެސް މިޝަނެއް ފޮނުވައި ދިރާސާތައް ކުރަން ފަށައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!