އެމްއޭސީއެލް މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ ޑޮލަރުން ދޭން ނިންމައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މުސާރައިގެ 50 ޕަސެންޓް އަނެއްކާ ވެސް ޑޮލަރުން ދޭން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19ގެ ދުވަސްވަރު އެމްއޭސީއެލްގެ އާމްދަނީއަށް އައި ހީނަރުކަމާ ގުޅިގެން މުވައްޒަފުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދެމުން އައި އައުން އެ ކުންފުނިން މެދުކަނޑާފައިވަނިކޮށެވެ.
އެމްއޭސީއެލުން މިއަދު ބުނީ އާ ބަދަލާއެކު މިމަހުން ފެށިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދޭން ނިންމައި އެކަން މުވައްޒަފުންނަށް ވެސް އަންގާފައިވާ ކަމަށެވެ.
އަދި މިގޮތަށް މުސާރަ ދޭން ނިންމާފައިވަނީ ވަކި މުވައްޒަފެއް ވަކި މަގާމެއް އިސްތިސްނާ ނުކޮށް ހުރިހާ މުވައްޒަފުންނަށް އެއްގޮތަކަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.