ދުނިޔެ

ޖީ20 ސަމިޓްގައި ބައިވެރިވުމަށްފަހު ޓްރޫޑޯ ފުރައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޮޓާވާ އާއި ނިއުދިއްލީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާތީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިންޑިއާ އިން ފުރާވަޑައިގެންފިއެވެ.

Ads by WAMCO

ކެނެޑާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރޫޑޯ އެ ގައުމުން ފުރާވަޑައިގެންނެވީ މަތިންދާ ބޯޓަށް ދިމާވި މެކޭނިކަލް މައްސަލައެއް ހައްލު ކުރުމަށް ފަހު އެވެ.

އެއާ ޓްރެފިކް ޓްރެކާ ފްލައިޓްރާޑާ24 އިން ފެންނަ ގޮތުގައި ރޯޔަލް ކެނެޑިއަން އެއާފޯސްގެ މަތިންދާ ބޯޓު ސީއެފްސީ01 ދިއްލީ އެއާޕޯޓުން ފުރައިގެން ދިޔައީ ރާއްޖެ ގަޑިން މެންދުރު ފަހު 1:30 ގެ ފަހުންނެވެ.

އިންޑިއާ އާއި ކެނެޑާއާ ދެމެދު ގިނަ މައްސަލަތަކެއްގައި ނުތަނަވަސްކަން އުފެދިފައިވާއިރު، އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާއެކު ވިޔަފާރީގެ މުއާހަދާއެއް ހެދުމަށް އޮޓާވާއިން މިމަހުގެ ކުރީކޮޅު ނިންމި ނިންމުން ވެސް ހިމެނެ އެވެ.

ޖީ-20 ސަމިޓުގައި ދުނިޔޭގެ ގިނަ ލީޑަރުންނާ އެކު ބައިލެޓަރަލް ބައްދަލުވުންތަކެއް ބޭއްވި މޯދީ ޓްރޫޑޯއާ އެކު ބައްދަލުވުމެއް ނުބާއްވަ އެވެ.

މި ހަރަކާތުގެ ހަވާސާގައި ދެބޭފުޅުން ވާހަކަ ދެއްކެވި ނަމަވެސް، މަޝްވަރާތަކަށްފަހު އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެނެޑާގައި ސިކް ކޮމިއުނިޓީގެ މީހުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މޯދީ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!