ދުނިޔެ

އިންޑިއާއިން 7.5 މިލިއަން ޑޮލަރު ހިލޭ ގޭސް ކަނެކްޝަން ދޭން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫނިއަން ކެބިނެޓުން ބުދަ ދުވަހު ވަނީ 7،210 ކްރޯޑް ރުޕީސް ހަރަދުކޮށްގެން އީކޯޓްސް މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ފާސްކޮށް، އިތުރު 7.5 މިލިއަން ހިލޭ ކައްކާ ގޭސް ކަނެކްޝަން ދިނުމަށް 1،650 ކްރޯޑް ރުޕީސް ކަނޑައަޅާފަ އެވެ.

Ads by Sosun Fihaara

ކެބިނެޓް ކޮމިޓީ އޮން އިކޮނޮމިކް އެފެއާޒްގެ އެހެން ބައްދަލުވުމެއްގައި ވަނީ ސައިޕްރަސްގެ ބެރްހަޔަންޑާ ލިމިޓެޑުން ސުވެން ފާމަސޫޓިކަލްސް ލިމިޓެޑްގައި 9،589 ކްރޯޑް ރުޕީސް އާ ހަމައަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް ހުށަހެޅި ހުށަހެޅުމަށް ފާސްކޮށްފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު އަނޫރާގް ތާކޫރު ވިދާޅުވީ އީ ކޯޓްސް ޕްރޮޖެކްޓަކީ 2023 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރަށް ކުރިއަށް ގެންދާ ސެންޓްރަލް ސްކީމެއް ކަމަށެވެ.

ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ އީ ކޯޓްސް ޕްރޮޖެކްޓަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަދުލު އިންސާފު ގާއިމުކުރުމުގެ މަގު ހަރުދަނާކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. ނޭޝަނަލް އީ-ގަވަރނަންސް ޕްލޭންގެ ދަށުން އިންޑިއާގެ ޝަރުއީ ދާއިރާ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެނަބަލް ކުރުމަށް ޓަކައި 2007 ވަނަ އަހަރުން ފެށިގެން އީ-ކޯޓްސް ޕްރޮޖެކްޓް އަންނަނީ ހިންގަމުންނެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަހަރު ވަނީ ނިންމާލާފައެވެ. "އީ-ކޯޓުތަކުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ އަސްލަކީ "އެކްސެސް އެންޑް އިންކްލޫޝަން" ގެ ފަލްސަފާގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެއް،" ބަޔާނުގައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!